ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މި އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

 މަޤާމު:

 އެސިސްޓެންޓް ޑިރެކްޓަރ

 ބޭނުންވާ ޢަދަދު:

 01

 މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޑިރެކްޓަރ

 މަޤާމުގެ ރޭންކު:

 MS 3

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒިފާއަދާ ކުރަންޖެހޭ ތަން:

 މޮނިޓަރިންގ އެންޑް އިވަލުއޭޝަން ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ

 އަސާސީ މުސާރަ:

 7,035.00ރ

 ސަރވިސް އެލަވަންސް:

 2,000.00ރ

 އެހެނިހެން އެލަވަންސް:

 އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 އަސާސީ މުސާރައިގެ 35% (ތިރީސް ފަސް އިންސައްތަ)

 ލިވިންގ އެލަވަންސް:

 4,000.00ރ (ޕްރޮބޭޝަނަށް ފަހު)

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ.

 މަޤާމުގެ އަސާސީ ޝަރުތު:

 

1. މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ  ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

3. މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން މަޢުލޫމާތު:

މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

-  އެކައުންޓްސް

-  އޮޑިޓިންގ

ތަޢުލީމީ ރޮނގުތައް:

-  އެކައުންޓްސް

-   އޮޑިޓިންގ

  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 9ގެ ސަނަދެވެ. އަދި ލެވެލް 10ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.  
  • ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

 މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްތައް ހިނގަމުންދަނީ ޤާނޫނާއި ޤަވާއިދާއި، ކައުންސިލް ހިންގުމަށާއި ކައުންސިލަރުން ޢަމަލުކުރަންވީ އުޞޫލުތަކާ އެއްގޮތައްތޯ ބަލާ މޮނިޓަރ ކުރުން.
  2. ކައުންސިލް މޮނިޓަރ ކުރުމަށް ފަހު ފާހަގަކުރެވޭ ކަންކަމާއި ގުޅޭގޮތުން ރިޕޯޓްތަށް އެކުލަވާލާ ކަމާއިބެހޭ ފަރާތްތަކާއި ޙިއްސާކުރުން.
  3. ކައުންސިލްތައް މޮނިޓަރކުރުމަށް ފަހު އަޅަންވީ ފިޔަވަޅުތައް ދެނެގަނެ އޮތޯރިޓީގެ ސަމާލުކަމަށް އެކަންކަން ގެނައުން.
  4. ކައުންސިލްތަކުން ކުރުމަށް ތާރީޚު ކަނޑައަޅާފައިވާ ކަންކަން އެ ތާރިޚަށްކޮށް ނިންމާތޯ ބެލުމާއި، އެކަމާއިގުޅޭ ރިޕޯޓް އެކުލަވާލައި ކަމާއި ބެހޭފަރާތްތަކާއި ޙިއްސާކުރުން.
  5. ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް އެކުލަވާލާ ޕަރފޯމަންސް އިންޑެކްސްގެ ނަތީޖާ އިއުލާންކުރުން.
  6. ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްއިން ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ ކަންގަތިއެވޯޑް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  7. ކައުންސިލްތަކުގެ ޙަރަކާތްތައް އެކަށީގެންވާ ގޮތަށް ހިންގުމަށްޓަކައި އަމަލު ކުރަންވާ އުސޫލުތަކާއި، ހާސިލުކުރަންވީ މަޤްޞަދުތަކާބެހޭ މަޢުލޫމާތު ކައުންސިލް ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް އެނގިފައިވާ މިންވަރު ބަލާ ރަނގަޅުކުރަންވީ ކަންކަން ކައުންސިލްތަކާއި ހިއްސާކުރުން.
  8. ސަރުކާރުގެ މުވައްސަސާތަކުން ބަލަހައްޓަންޖެހޭ ރެކޯޑްތައް ފާހަގަކޮށް ކައުންސިލްތަކުގައި ރެކޯޑް ބަލަހައްޓާތޯބަލާ، މުވައްސަސާތަކަށް ރެކޯޑް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުން.
  9. މޮނިޓަރިންގައި އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކުރުމާއި ރައްކާކުރުމާއި، އެހެނިހެން ގޮތްގޮތުންވެސް އެއްކުރެވޭ މަޢުލޫމާތާއި ތަފާސްހިސާބު ދިރާސާކުރުމާއި ރައްކާކުރުން.
  10. ކައުންސިލްތަކުގެ މަސައްކަތް ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ތަންފީޒުކުރޭތޯ ބެލުން.
  11. ކައުންސިލްތަކުން ނަގާ ފީތައް މޮނިޓަރކުރުން.
  12. އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގައި އިންޓާނަލް އޮޑިޓް ރާވައި ހިންގޭނޭ ފެންވަރުގެ މުވައްޒަފުން ތަމްރީންކުރުން.
  13. ކައުންސިލްތަކުގެ ފައިސާއާއި ބެހޭ ނިޒާމް ބަލައި، ޕޮލިސީތަކާއި އިންޓަރނަލް ފައިނޭންސް އޮޑިޓް ޕްރޮސީޖަރ ތަކާއި، އަދި ކޮންޓްރޯލްސްތައް ގެންގުޅެނީ ކިހިނެއްތޯ ބަލާ މޮނިޓަރ ކުރުން.
  14. ކައުންސިލްތަކުގެ ޕަބްލިކް ފައިނޭންސްއާއި ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި މަޢުލޫމާތާއި ހިސާބުކިތާބު އެއްކުރުމާއި، އެކަންކަމަށް ރިޢާޔަތްކޮށް ކައުންސިލްތަކުން ކުރަންޖެހޭ ކަންކަން އެފަރާތްތަކަށް އެންގުން.
  15. ކައުންސިލްތައް އޮޑިޓްކުރުމަށް ފަހު އޮޑިޓަރ ޖެނެރަލް ނެރުއްވާ ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތައް ދިރާސާކޮށް އޮތޯރިޓީން އަޅަންވީ ފިޔަވަޅުތައް ދެނެގަނެ އޮތޯރިޓީގެ ސަމާލުކަމަށް ގެނައުން.
  16. އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަކީ އިންޓާނަލަ އޮޑިޓްގެ އުސޫލުތަކަށް އަހުލުވެރި ބައެއް ކަމުގައި ހެދުން.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

 ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ  ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

 މަޤާމަށް އެންމެ ޤާބިލު ފަރާތެއް  ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

-   ތަޢުލީމާއި ތަމްރީން: 40%

-   މަސައްކަތު ތަޖުރިބާ: 12%

-   ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

  • މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުގެން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.

                               28  އޮކްޓޯބަރ 2020

28 އޮކްޓޫބަރު 2020
ހޯދާ