އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ގުޅޭ

އިޢުލާން 

                     އައްޑޫސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެއްގަމު ލައިސަންސް އަލަށް ނެގުމަށާއި ކެޓަގަރީ އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް އައްޑޫސިޓީއިން ލައިސަންސް ނެގޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.  އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ބިދޭސީންނަށް ލައިސަންސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޤަވާއިދު ނަންބަރ4/2009: (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގައި ބަޔާންވެގެންވާ ކަންކަން ފުރިހަމަވުމުންނެވެ. އަދި މިފަރާތްތަކަށް ލައިސަންންސް ދޫކުރެވޭނީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދު އިގޭތޯ ބެލުމަށް ބާއްވާ ތިޔަރީ އަދި ޑްރައިވިންގް އިމްތިޙާނުން ފާސްވުމުންނެވެ.

                        ވީމާ، އައްޑޫސިޓީގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނެގުމަށް އަދި ކެޓަގަރީ އިތުރުކުރުމުގެ ޚިދުމަތަށް އެދި މި އިދާރާގެ ޓްރާންސްޕޯޓް ސެކްޝަނަށް 01 ނޮވެންބަރު 2020 އިން ފެށިގެން ހުށަހެޅޭނެ ކަމުގައި ދެންނެވީމެވެ.

 

ލައިސަންސްއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުން

- ފުރިހަމަކޮށްފައިވާ LL1 ފޯމު

- ވޯކްޕާމިޓްގެ އަސްލާއި ފޮޓޯކޮޕީ  ( ވޯކްވިސާގައި މަދުވެގެން 3 މަސް ދުވަހުގެ މުއްދަތު އޮތުން)

- ޕާސްޕޯޓްގެ އަސްލާއި ފޮޓޯކޮޕީ 

- ލައިސަންސް ކޮޕީ (ލައިސަންސްގެ ކެޓަގަރީ އިތުރުކުރުމަށް ހުށަހަޅާނަމަ)

 

10 ރަބީޢުލްއައްވަލު 1442

28 އޮކްޓޫބަރު 2020
ހޯދާ