މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަން

             މިކުންފުނީގެ (ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޜަން) ގެ ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 88 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަމުގައި ވިއްކާލުމަށް ނިންމާފައެވެ އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.  

1-      ނީލަން ކިއުން އޮންނާނީ 10 ނޮވެމްބަރ 2020 ވާ އަންގާރަދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ގެ، ފުރަތަމަ ފަންގިފިލާ   ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )ގައެވެ.

2-      މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކަން 2 ނޮވެމްބަރ 2020 ވާ ހޯމަދުވަހު ހެދުނު 09:00 އަށް އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން  ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

3-      މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 4 ނޮވެމްބަރ 2020 ވާ ބުދަދުވަހުގެ ހެދުނު 9:00 އިން 11:30 އަށް ތިލަފުށިސައިޓަށް ވަޑައިގެން)  7781249 ގުޅުމުން) ބެލޭނެ އިމްތިޒާމް ހަމަޖެހިފައިވާ ވާހަކަދަންނަވަމެވެ.

4-      މި ނީލަމުގައި ބައިބެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ.

5-      މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް 10,000/-ރ (ދިހަހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް         އެކައުންޓް ނަންބަރ  003-100668-7701 އަށް 8 ނޮވެމްބަރ 2020 ވާ އާދިއްތަވަހުގެ ހެދުނު 9:00 އާއި 11:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

6-      ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.

7-      ނީލަން ފެށޭނީ ޓަނަކަށް -/1000 ( އެއްހާސް ރުފިޔާގެ )  ރޭޓުންނެވެ.

8-      ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

9-      ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

10-   ނީލަންނިމޭތާ 14 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،

11-   ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.

12-   88 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 88 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.

13-   މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

26 އޮކްޓޫބަރު 2020
ހޯދާ