މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 56.08 ނަމްބަރުގޭ ޝަރީޢަތުން ރަޖިސްޓްރީ ކުރުމާއިބެހޭ ބަހައިގެން ލިބުނު އެގޭ 4 ވަނަ ބައި

                      އިޢުލާން

                      ރ.ދުވާފަރު 56.08 ނަމްބަރުގޭ ޝަރީޢަތުން ބަހައިގެން ލިބުނު އެގޭ 4 ވަނަ ބައި ރ.ކަނދޮޅަދޫ، ރަތްލިލީގެ ނަޒީނާ ޞާލިޙްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށައަޅާފައެވެ. މިތަން އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށް ކުރިން މިތަނާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދިޝަކުވާއެއް އެއްވެސް ފަރާތަކުން ޖައްސަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީޢަތަށް މިތަނާއިބެހޭގޮތުން އެއްވެސް މައްސަލއެއް ހުށަހަޅާފައިވާނަމަ އެކަން މިއަދުން ފެށިގެން 7 (ހަތް) ދުވަހުން ފެށިގެން މި އިދާރާއަށް އެންގެވުން އެދެމެއެވެ.           

                      މި މުއްދަތުގެ ތެރޭގައި އެއްވެސް މިއިދާރާއަށް ހުށަހަޅާފައިވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި، ރ.ދުވާފަރު 56.08 ނަމްބަރުގޭ ޝަރީޢަތުން ރ.ކަނދޮޅަދޫ، ރަތްލިލީގެ ނަޒީނާ ޞާލިޙްއަށް ލިބުނު އެގޭ 4 ވަނަ ބައި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެއެވެ.             

                       10 ރަބީއުލް އައްވަލް 1442

                       27 އޮކްޓޯބަރ 2020

27 އޮކްޓޫބަރު 2020
ހޯދާ