އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެސިސްޓެންޓް މެނޭޖަރ (ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން)

މަޤާމް

އެސިސްޓެންޓް މެނޭޖަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (6 މަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

5000.00 ރުފިޔާ

އެލަވަންސް:

  • ހިންގުމުގެ އެލަވަންސް: 1500.00 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިވިޜަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޝެޑިއުލްކުރުމާއި އެ ޝެޑިއުލާއެއްގޮތަށް މަސައްކަތްތަށް ރާވައި އެކަމާއި ބެހޭ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަށް އިންތިޒާމުކޮށް ހިންގުން.
  2. ޑިވިޜަންގެ މަސައްކަތްތައް ސުޕަވައިޒުކޮށް މޮނީޓަރކޮށް މަސައްކަތާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުވުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  3. މަސައްކަތުގައި ބޭނުންކުރާ ހުރިހާ ސާމާނާއި އާލާތްތައް މަސައްކަތް ނިމުމުން ކޮންމެ ދުވަހަކު ސާފުކުރުވައި ރައްކާކުރޭތޯ ބަލައި އެތަކެތި ޗެކްކޮށް ބެލެހެއްޓުން.
  4. މަސައްކަތަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓް ތައްޔާރުކުރުމާއި ލިބޭތަކެއްޗާއި ބޭނުންކުރެވޭ ތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ބެލެހެއްޓުން.
  5. މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް މުވައްޒަފުން ލައްވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރުވުން.
  6. މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ ލަފާ ހޯދައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުން.

މަޤާމުގެ ޝަރުތުތައް:

ހިންގުމުގެ ދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު %20
  2. ތަޖުރިބާ %35
  3. އިންޓަވިއު %40
  4. ތަމްރީނު %5

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 45% (ސާޅީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ނޮވެންބަރު 08 ވަނަ ދުވަހުގެ 12:00ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ނޮވެންބަރު 22 އާއި 2020 ނޮވެންބަރު 30 އާ ދެމެދު، އައްޑޫސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ކަނޑައެޅޭ އަވަށު އޮފީހެއްގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 688 5002 ނަންބަރު ފޯނާއެވެ.

10 ރަބީޢުލްއައްވަލް 1442

27 އޮކްޓޫބަރު 2020
ހޯދާ