ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓު ޢިމާރާތުގެ ސްޓްރަކްޗަރަލް އެނަލިސިސް އެއްހަދައި، ލިބިފައިވާ ގެއްލުންތައް ޙައްލުކުރުމަށް ތައްޔާރުކުރަށްޖެހޭ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް

ކްރިމިނަލް ކޯޓު ހިންގާ 04 ބުރީގެ އިމާރާތުގެ ބައެއް ތަބުތައް ހަލާކުވެ ޝީޓުން ބައެއް ވެއްޓިފައިވާތީއާއި، ފާރުތަކުން ރެނދުލާފައިވާތީ، ކޯޓުގެ ޢިމާރާތުގެ ސްޓަރަކްޗަރަލް އެނާލިސިސް އެއް ހަދައި، ލިބިފައިވާ ގެއްލުންތައް ޙައްލުކުރުމާބެހޭގޮތުން ހަދަންޖެހޭ ރިޕޯޓުހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިޢުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2020 ނޮވެމްބަރ 02 ވާ ދުވަހުގެ 11:00 ގައި ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ނޮވެމްބަރ 10 ވަނަ ދުވަހުގެ  13:00އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ރަބީޢުލްއައްވަލް 1442

27 އޮކްޓޫބަރު 2020
ހޯދާ