މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ަިްަަްއަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

 

             އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

 

                 މިކޮމިޓީގެ އޮފީސް އިދާރާގައި ފައިލިންގ ރެކްތަކަކާއި ކަބަޑުތަކެއް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން MOC/IUL/2020/059 ނަންބަރ އާއި ގުޅިގެން މަޢުލޫމާތު ސެޝަންއަށް އެކަށީގެންވާ ވަރަށް ބޭފުޅުން ވަޑައި ނުގަންނަވާތީވެ، އެ އިއުލާން ބާތިލް ކޮށްފީމެވެ.

        ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކަބަޑުތަކުގެ މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 1 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 12:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ

ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                           27 އޮކްޓޯބަރ 2020

20 އޮކްޓޫބަރު 2020
ހޯދާ