ދިވެހިރާއްޖެ
146-A1/2020/140:ނަންބަރު
އިޢުލާން
ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުސަތު:
މި ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ތިރީގައި މިވާ ދާއިރާއިން މައުލޫމާތު ދެއްވާނެ ލެކްޗަރާއިން ބޭނުންވެއެވެ.
| މަޤާމު: | ލެކްޗަރަރ | 
| މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ: | އިޖްތިމާޢީބައި (އަލަތު ކައިވެންޏެއްކުރަން ބޭނުންވާނެ އިޖްތިމާޢީ ކަންތައްތަކާއި، އިޖްތިމާޢީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް.) | 
| ބޭނުންވާ އަދަދު : | 02 (ދޭއް) | 
| މަޤާމުގެ ގިންތި: | ކޮންޓްރެކްޓް | 
| މުއްދަތު: | 01 އަހަރު | 
| އުޖޫރަ: | މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން: | ފެމިލީ ކޯޓު | 
| މަޤާމުގެ ޝަރުތު: | މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ޙާޞިލުކޮށްފައިވުން. | 
| ހުށަހަޅަންޖެހޭ ތަކެތި: | - ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ | 
| ސުންގަޑި: | 04 ނޮވެންބަރު 2020 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން. | 
| އިތުރު މަޢުލޫމާތު: | - ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ޑްރޮޕް ބޮކްސްއަށެވެ. | 
 
                    