ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: އެއަރކޮންޑިޝަން ގަތުމާއި އިންސްޓޯލްކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޯލޮޖީއަށް 24000BTU ގެ ސީލިން މައުންޓް 2 އެއަރކޮންޑިޝަނަރ (ކެސެޓް ޓައިޕް) ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2020/30 (8 ސެޕްޓެމްބަރ 2020) އިއުލާނާ ގުޅިގެން ހުށަހެޅުނު ބީލަމުގެ އަގު ބޮޑުކަމަށްވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ.
  3. މި ބީލަމަކީ ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާ ބީލަމަކަށް ވާތީ، މި ބީލަމުގައި ޕޮއިންޓް ދިނުމުގައި މުއްދަތަކަށް ޕޮއިންޓެއް ނުދޭނެއެވެ. އައިޓަމް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް އެންމެ ގިނަވެގެން ދެވޭނެ މުއްދަތު މި އިއުލާނުގެ ނަންބަރު 4 ގައި ބަޔާންކޮށްފައިއެވަނީއެވެ.
  4. ސަޕްލައިކުރުމާއި އިންސްޓޯލްކުރުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ބީލަން އެވޯޑް ކުރާ ދުވަހުން ފެށިގެން 15 ދުވަހެވެ. މި މުއްދަތު އިތުރު ނުކުރެވޭނެއެވެ. 15 ދުވަސް ގުނާނީ ހުކުރުދުވަހާއި އަދި ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
  5. ހުށަހަޅާ ބީލަން/ކޯޓޭޝަންގެ ވެލިޑިޓީއަށް މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
  6. އެއަރކޮންޑިޝަން ސަޕްލައިކުރުމާއި އަދި އިންސްޓޯލްކުރުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2020 އޮކްޓޯބަރ 26 އިން 2020 އޮކްޓޯބަރ 28 ވަނަ ދުވަހާ ދެމެދު ހެނދުނު 8:30 އިން މެންދުރުފަހު 1:30 އަށް ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައެންސް އެންޑް ޓެކްނޯލޮޖީ ގެ ގްރައުންޑް ފްލޯ (ހ.ސޯސަންގެ، ސޯސަންމަގު، މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  7. ބީލަން ހުށަހެޅުން އޮންނާނީ 8 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  8. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  9. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

 

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

ފެކަލްޓީ އޮފް އެންޖިނިއަރިން ސައިންސް އެންޑް ޓެކްނޯލޮޖީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345454، 3345444، 3345455

އީ-މެއިލް: [email protected]

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345610، 3345111

އީ-މެއިލް: [email protected]

26 އޮކްޓޫބަރު 2020
ހޯދާ