ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން ނަންބަރު:FNK-I/IUL/2020/215

އިޢުލާން

މިކުންފުނީގެ ބުރާންޗުތަކުގައި ހުރި ބައު ދަނގަޑާއި އެހެނިހެން ތަކެތި ނީލަން ކިޔުމާއިގުޅޭ:

މިކުންފުނީގެ ބުރާންޗުތަކުގައި ހުރި ބައު ދަނގަޑާއި އެހެނިހެން ތަކެތި ނީލަން ކިޔުމަށް ބޭނުންވެއެވެ. މި ކުންފުނިން ޚިދުމަތްދެމުން ގެންދާ 152 ބުރާންޗުގައި އަންދާޒާކުރެވޭ 767 މެޓްރިކް ޓަނުގެ ބައު ދަނގަޑާއި އެހެނިހެން ބައު ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ އަންނަނިވި އުސޫލުންނެވެ.

ބައު ތަކެތީގެ ބާވަތް ތައް

ނީލަންފަށާ އަގު

އިން ސައްތަ (%)

1. ބަރު ދަނގަޑުގެ ބާވަތްތައް (ބައުވެ ހަލާކުވެ ބޭނުންނުކުރެވޭ ހާލަތުގައި ހުރި އިންޖީނުފަދަ ބަރު ތަކެތި)

-/1 ރ. (އެއް ރުފިޔާ)  އަށް ކިލޯއެއް

50%

2. ލުއި ދަނގަޑުގެ ބާވަތްތައް (އަޑީ ތެޔޮ ހުސްކުރި ފީފާ، ބައު ޓިނު ފަދަ ތަކެތި)

50/- ލ. (ފަންސާސް ލާރި) އަށް ކިލޯއެއް

5%

3. ބައު ބެޓެރި – ބެޓެރި އެސިޑާއިއެކު ( އިންޖީނުތަކުން ނަގާފައިވާ ބައު ބެޓެރި)

-/5 ރ. (ފަސް ރުފިޔާ) އަށް ކިލޯއެއް

10%

4. ސާފު ނުކުރާ ލޮއި (ބައު ޑައިނަމޯ، ޓުރާންސްފޯމަރު، ބައު ކޭބަލް، ވަޔަރުނަރު ފަދަ ތަކެތި)

-/10 ރ. (ދިހަ ރުފިޔާ) އަށް ކިލޯއެއް

10%

5. ބައު ސްޓެއިންލަސް ސްޓީލް / އެލުމިނިއަމް ފަދަ ތަކެތި

-/4 ރ. (ހަތަރު ރުފިޔާ) އަށް ކިލޯއެއް

5%

6. ބައު އެއާރ ކޮންޑިޝަނަރ (އިންޑޯ/އައުޓް ޑޯ ޔުނިޓް) 

-/5 ރ. (ފަސް ރުފިޔާ) އަށް ކިލޯއެއް

10%

7. ބޭނުންކޮށްފައިވާ އަޑީ ތެޔޮ (ކަޅުތެޔޮ)

-/30 ރ. (ތިރީސް ރުފިޔާ) އަށް 200 ލިޓަރު

10%

ޖުމްލަ

100%

 

      ނީލަން ހުށަހަޅާ ފޯމުގައި ހިމޭނޭ 07 ކެޓަގަރީގެ ތަކެއްޗަށް 'ނީލަން އަގު ހުށަހަޅާ ފޯމު' ފުރާ އަގު  ހުށަހަޅަން ވާނެއެވެ. 07 ކެޓަގަރީއަށް އަގު ހުށަނާޅާ ފަރާތްތަކުގެ ނީލަން ބާތިލްވާނެއެވެ. ކޮންމެ ކެޓަގަރީ އަކުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތައް އެ ކެޓަގަރީއަށް ކަނޑައެޅިފައިވާ ޖުމްލް އިންސައްތަ މާކްސް ލިބޭނެއެެވެ. އަދި، އެހެނިހެން ފަރާތްތަކަށް ނިސްބަތުން ޖުމްލަ އިންސައްތައިން ކަނޑައެޅޭ މާކްސް ލިބޭނެއެެވެ. ނީލަން ކާމިޔާބުވާނީ 07 ކެޓަގަރީ އަށް ހުށަހަޅާ އަގުގެ ނިސްބަތުން އެންމެ މަތީ ޖުމްލަ އިންސައްތަ (މާކްސް) އެއް ލިބޭ ފަރާތެެވެ.

#

ބައު ތަކެތިހުރި ބުރާންޗުތައް (ރަށް) ތައް

ބުރާންޗުގެ އަދަދު

ނީލަންފަށާ އަގު

1.

ހއ. އަތޮޅު ( ބާރަށް، ދިއްދޫ، ފިއްލަދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، ތުރާކުނު، އުލިގަން، އުތީމު، ކެލާ، ވަށަފަރު، ހޯރަފުށި، އިހަވަންދޫ)

14 ރަށް

56.48 މެޓްރިކް ޓަނު

2.

ހދ އަތޮޅު ( ފިނޭ، ހަނިމާދޫ، ހިރިމަރަދޫ، ކުޅުދުއްފުށި، ކުމުންދޫ، ކުރިނބީ، މަކުނުދޫ، ނާވައިދޫ، ނެއްލައިދޫ، ނޭކުރެންދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު، ވައިކަރަދޫ)

13 ރަށް

39.74 މެޓްރިކް ޓަނު

3.

ށ. އަތޮޅު (ބިލެއްފަހި، ފީީވައް، ފޭދޫ، ފޯކައިދޫ، ގޮއިދޫ، ކަނޑިތީމު، ކޮމަަންޑޫ، ޅައިމަގު، މާއުނގޫދޫ، މަރޮށި، މިލަންދޫ، ނަރުދޫ، ނޫމަރާ)

13 ރަށް

40.79 މެޓްރިކް ޓަނު

4.

ނ. އަތޮޅު (ފޮއްދޫ، ހެނބަދޫ، ކެނދިކުޅުދޫ، ކުޑަފަރީ، ލަންދޫ، ޅޮހި، މާފަރު، މާޅެންދޫ، މަގޫދޫ، މަނަދޫ، މިލަދޫ، ވެލިދޫ، ހޮޅުދޫ)

13 ރަށް

53.66 މެޓްރިކް ޓަނު

5.

ރ. އަތޮޅު (އަލިފުށި، އަނގޮޅިތީމު، ފައިނު، ހުޅުދުއްފާރު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރީ، މީދޫ، ރަސްގެތީމު، ރަސްމާދޫ، ވާދޫ)

13 ރަށް

44.92 މެޓްރިކް ޓަނު

6.

ބ. އަތޮޅު (ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، ތުޅާދޫ، މާޅޮސް، ދަރަވަންދޫ)

13 ރަށް

35.33 މެޓްރިކް ޓަނު

7.

ޅ. އަތޮޅު (ހިންނަވަރު، ކުރެންދޫ، ނައިފަރު، އޮޅުވެލިފުށި)

04 ރަށް

13.60 މެޓްރިކް ޓަނު

8.

މ. އަތޮޅު (ދިއްގަރު، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރަތްމަންދޫ، ވޭވަށް، ކޮޅުފުށި)

08 ރަށް

26.44 މެޓްރިކް ޓަނު

9.

ފ. އަތޮޅު (ބިލެއްދޫ، ދަރަނބޫދޫ، މަގޫދޫ، ފީއަލި، ނިލަންދޫ)

05 ރަށް

12.5 މެޓްރިކް ޓަނު

10.

ދ އަތޮޅު (ބަނޑިދޫ، ހުޅުދެލި، ކުޑަހުވަދޫ، މާއެނބޫދޫ، މީދޫ، ރިނބިދޫ)

06 ރަށް

26.53 މެޓްރިކް ޓަނު

11.

ތ. އަތޮޅު (ބުރުނި، ދިޔަމިގިލި، ގާދިއްފުށި، ގުރައިދޫ، ކަނޑޫދޫ، ކިނބިދޫ، މަޑިފުށި، އޮމަދޫ، ތިމަރަފުށި، ވަންދޫ، ވޭމަންޑޫ، ވިލުފުށި، ހިރިލަންދޫ)

13 ރަށް

36.76 މެޓްރިކް ޓަނު

12.

ލ. އަތޮޅު (ދަނބިދޫ، މާބައިދޫ، ފޮނަދޫ، ގަން، ހިތަދޫ، އިސްދޫ، ކަލައިދޫ، ކުނަހަންދޫ، މާމެންދޫ، މާވަށް، މުންޑޫ)

11 ރަށް

64.41 މެޓްރިކް ޓަނު

13.

ގއ. އަތޮޅު (ދާންދޫ، ދެއްވަދޫ، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮލަމާފުށި، ކޮނޑޭ، މާމެންދޫ، ނިލަންދޫ، ވިލިނގިލި)

09 ރަށް

33.75 މެޓްރިކް ޓަނު

14.

ގދ. އަތޮޅު (ފަރެސްމާތޮޑާ، ފިޔޯރީ، ގައްދޫ، ހޯނޑެއްދޫ، މަޑަވެލި، ނަޑެއްލާ، ރަތަފަންދޫ، ތިނަދޫ، ވާދޫ)

09 ރަށް

55.22 މެޓްރިކް ޓަނު

15.

ފުވައްމުލައް ސިޓީ

ފުވައްމުލައް

1.5 މެޓްރިކް ޓަނު

16.

އައްޑޫ ސިޓީ (ހިތަދޫ، ހުޅުމީދޫ)

02 ރަށް

226.5 މެޓްރިކް ޓަނު

               ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 02 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތީގެ މަޢުލޫމާތު ސާފު ކުރުމަށްފަހު، ނީލަންހުށަހަޅާ ފޯމު، އަދި އައި.ޑީ.ކާޑު/ވިޔަފާރި ރެޖިސްޓްރޭޝަން ގެ ފޮޓޯކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު 05 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ނީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ނޮވެމްބަރ 2020  ވާ ބުރާސްފަތި ދުވަހު 11:30 ގައި، މި ކުންފުނީގެ 07 ވަނަ ފަންގިފިލާގައި، މި ނީލަމަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ސިޓީތައް އަނބުރާ ރައްދު ކުރެވޭނެއެވެ.

 މިތަކެތީގެ ނީލަން ނިމޭތާ ރަސްމީ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި -/50،000 (ފަންސާސް ހާސް ރުފިޔާ) ދެއްކުމަށްފަހު 60 ދުވަހުގެ ތެރޭގައި ތަކެތި ހުރި ރަށްތަކުން ނަގައިގެން ގެންދަވަންވާނެއެވެ. ކޮންމެ ރަށެއްގައި ހިމެނޭ ބާވަތްތަކުގެ ބަރުދަން ބެލުމަށްފަހު އެ ރަށެއްގައި ޤާއިމްކުރެވިފައި މި ކުންފުނީގެ ބުރާންޗު ހިންގުމާ ހަވާލުވެ ހުރި މުވައްޒަފުގެ ސޮއި އަދި ބުރާންޗުގެ ތައްގަޑުޖެހި ލިޔެކިޔުން ފުރިހަމަކުރަން ވާނެއެވެ. ތަކެތި ގެންދިއުމަށްފަހު ގިނަވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަމުން ނެގި ތަކެތީގެ އަގު،  އެއްބަސްވުމުގައި ވާފަދައިން ކުންފުނިން ފޮނުވާ އިންވޮއިސްއާއި އެއްގޮތަށް އަދާކޮށް ޚަލާސްކުރަންވާނެއެވެ.

 މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަން ކާމިޔާބުކުރުމަށްފަހު، ތަކެތި ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ އެފަރާތަށް އަނބުރާނުދެވޭނޭ ކަމުގައި ދެންނެވީމެވެ.

މި އިޢްލާނާއި އެކު، ނީލަމަށް އަގު ހުށަހަޅާ ފޯމު އެއްއުރަ ކުރެވިފައިވާނެއެވެ. މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ނަންބަރު 3019430 /7308558  ފޯނާ ގުޅުއްވުން އެދެމެވެ.

 

26 އޮކްޓޫބަރު 2020
ހޯދާ