ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ސައިހޮޓާ/ކެފޭ/ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

           މިރަށު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތުން، މޫދަށްއެރޭ ސަރަހައްދާއި އިންވެގެން ހުޅަނގުން، 3000 އަކަފޫޓުގެ ބިން ސައިހޮޓާ/ކެފޭ/ވިޔަފާރި ބޭނުންތަކަށް، 10އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

           މި ބިމަށް ކުރިމަތިލެވޭނީ ލ. ކަލައިދޫގެ އުމުރުން 18 އަހަރުން މަތީގެ ރަށްވެހިންނަށާއި، ލ. ކަލައިދޫގެ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރިއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:15އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 05 ނޮވެމްބަރ 2020 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2020
ހޯދާ