މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ މަގުމަތީގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓް ނަގައި ސާފު ކުރުމާއިބެހޭ.

މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކަށް ދަތިވާގޮތަށްބަހައްޓާފައިވާ ޕެލެޓްތަކާއި ،މީހުންނަށް އަނިޔާވާގޮތަށް ހުރި ހަލާކުވެފައިވާ ޕެލެޓާއި ،އެހެނިން ތަކެތި މިހަފުތާ ތެރޭގައި ،މިކައުންސިލުން ނަގަމުން ގެންދާނެކަމުގައި އަންގަމެވެ.

ވީމާ، 2020 އޮކްޓޯބަރ 28  ވަނަ ދުވަހުގެ ކުރިން މަގުމަތީގައި ބަހައްޓާފައި ހުރި އެފަދަ ތަކެތި ނަގައި ތަންސާފުކުރުމަށް އަންގަމެވެ. އަދި މަތީގައިވާ ތާރީޚުގެ ފަހުން ވެރިފަރާތުން ނުގެންގޮސް އެއްވެސް ޕެލެޓެއް ނުވަތަ މުދަލެއް ހުރެއްޖެ ނަމަ ކުނީގެ ގޮތުގައި އެފަދަތަކެތި ނަގައި ނައްތާލެވޭނެ ކަމުގައި އަންގާ އިޢުލާނު ކުރަމެވެ. ތަކެތި ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު ތަކެއްޗަށް ލިބޭގެއްލުމާއި އުނިއިތުރަށް މިކައުންސިލުން ޒިންމާ ނުވެވޭނެ ޢާންމުކޮށް އަންގާ  ޢިއުލާނުކުރީމެވެ.

25 އޮކްޓޫބަރު 2020
ހޯދާ