އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ލޯންޗުގަ ކުރިން ބޭނުންކުރި ދެ އިންޖީނާއި، ގަސްލަކުޑި، ބައުތަކެތި ނީލަންކިޔުން

މި އަތޮޅު އަތޮޅު ލޯންޗު "މާވަރު" ގައި ކުރިން ބޭނުންކުރި، އެވިންރުޑް 225 ހޯސްޕަވަރގެ އައުޓްބޯޑް ދެ އިންޖީނާއި، ގަސްލަކުޑިތަކަކާއި، ބައުތަކެތި ނީލަންކިއުން، 2020 ނޮވެމްބަރ 06 ވާ ހުކުރު ދުވަހުގެ 14:30ގައި މި އިދާރާގެ ގޯތިތެރޭގައި އޮންނާނެ އެވެ. ނީލަން ކުރިއަށް ދާނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، 2020 ނޮވެމްބަރ 06 ވަނަ ދުވަހުގެ 14:25 އަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މި ނީލަމުގައި ހިމެނޭތަކެއްޗާއި، ނީލަން ފެށޭ އަގާބެހޭ މަޢުލޫމާތު މި އިޢުލާނާއެކު އެވަނީ އެވެ.

25 އޮކްޓޫބަރު 2020
ހޯދާ