ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓެކްނީޝަން (ށ.ފޯކައިދޫ ބްރާންޗް)

ނަންބަރު: FNK/A/IUL/2020/240

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ށ.ފޯކައިދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ޓެކްނީޝަން

މަޤާމް:

02 (ދޭއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ

ޑިޕާޓްމަންޓް:

ށ.ފޯކައިދޫ ބްރާންޗް

މަސައްކަތް ކުރާތަން:

3000ރ. (ތިންހާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ށ.ފޯކައިދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 14:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

8 ރަބީޢުލްއައްވަލް 1442

25 އޮކްޓޯބަރ 2020

25 އޮކްޓޫބަރު 2020
ހޯދާ