ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ރަށްވެހިގެ 3 ކޮޓަރި ކުއްޔަށް ދޫކުރުން

ހދ. އަތޮޅު ރަށްވެހިގެ 3 ކޮޓަރި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް 08 އޮކްޓޫބަރ 2020 ގައި ކުރެވުނު ނަންބަރު (IUL)226-F/PRIV/2020/21 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ ލިޔެކިޔުންތައް ހަމަނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން 03 ކޮޓަރި ކުއްޔަށް ދިނުމަށް އިޢުލާންކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 25 އޮކްޓޫބަރ 2020 ން ފެށިގެން 04 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

3- މި އިޢުލާނާއި ބެހޭގޮތުން  ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 01 ނޮވެމްބަރ 2020 ވާ އާދީއްތަ  ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 05 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސލް

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6528801 ، 6521646 ، 6521644

އީމެއިލް: [email protected]

25 އޮކްޓޫބަރު 2020
ހޯދާ