މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

ސާވޭއިންގ އޮފިސަރ

ބޭނުންވާ އަދަދު:           

  • 02

ވަޒީފާގެ ބާވަތް:

    ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 11،400ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓަވަރ/ ޕްރޮޖެކްޓް ސައިޓްތަކުގައި

ޝަރުޠު:                 

  •  ސިވިލް އިންޖިނިއަރިންގ/ ލޭންޑް ސާވޭއިންގ ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  •  ސިވިލް އިންޖިނިއަރިންގ/ ލޭންޑް ސާވޭއިންގ ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއިއެކު 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތަށް ބޭނުންވާ ސަރވެއިންގ ގެ މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރިޔަށް ގެންދިއުން
  • މިމަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

ކްރޭން އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 03

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 7600.00
    • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ކުންފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

ޝަރުޠު                 

  • ކްރޭން އޮޕަރޭޓް ކުރުމުގެ ލައިސެންސް ލިބިފައިވުން
  • މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއިއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީން ކަނޑައަޅާ ސައިޓެއްގައި ސައިޓް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކްރޭން އޮޕަރޭޓްކުރުން. 
  • މިމަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

ސައިޓް ސުޕަވައިޒަރ

ބޭނުންވާ އަދަދު:           

  • 02

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 9420/-
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1,320 ރ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް.
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2،640ރ ނުވަތަ

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ކުންފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

ޝަރުޠު                 

  • ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލް ކޮށްފައިވުން. ނުވަތަ؛
  • ޖީސީއީ އޯ ލެވެލް ފުރިހަމަކޮށްފައި ވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ސުޕަރވައިޒަރ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ޤާބިލްކަން ހުރުން.
  •   ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

 

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނިން އަތޮޅު ތެރޭގައި ހިންގާ ޕްރޮޖެކްޓް ސައިޓުތަކުގެ ތެރެއިން ހަވާލުކުރެވޭ ޕްރޮޖެކްޓް ސައިޓެއްގައި މަސައްކަތް ހިގަމުންދާގޮތް ބެލެހެއްޓުމާއި، ޑިވިޜަންގެ އިރުޝާދުގެ ދަށުން ޝެޓިއުލްއާއި އެއްގޮތައް މަސައްކަތްކުރުން.
    •   ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންތައް ބެލެހެއްޓުން.

މަޤާމް:

އެސިސްޓެންޓް ފިކްސްޑް އެސެޓް އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 7600.00
    • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ޖީސީއީ އޯލެވެލް އެކައުންޓްސް ނުވަތަ ހިސާބު ހިމެނޭގޮތަށް 03 މާއްދައިން ފާސްވެފައިވުން
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

 

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • މިމަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

ސްނޯކްލަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:


ކޮންޓްރެކްޓް – 02 މަސް

 

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 7600.00
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ކުންފުނިން ކަނޑައަޅައި ޕްރޮޖެކްޓް ސައިޓެއްގައި

ޝަރުޠު:                 

  • އޯޕަން ވޯޓަރ ޑައިވިން ލައިސެންސް ލިބިފައިވުން
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ސުޕަވައިޒާގެ އިރުޝާދުގެ ދަށުން ފީނައިގެން ކުރަން ޖެހޭ މަސައްކަތްތައްކުރުމާއި،  އިންސްޕެކްޝަންތައްކުރުމާއި، އިކުއިޕްމަންޓްތައް ބޭނުންކޮށްގެން ކުރަންޖެހޭ ޓެސްޓްތައްކުރުމާއި އަދި ފެންމަތީ ތިބޭ މީހުންނަށް ސިގްނަލް ލައިން ނުވަތަ ޓެލެޕޯން ބޭނުންކޮށްގެން މުއާމަލާތްކުރުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ލޮޖިސްޓިކަލް އޮޕްރޭޝަންސް ޑިވިޜަނަށް ބޭނުންވާ މަގާމުތައް

މަޤާމް:

 

އިންޖިނިއަރ (ހައިޑްރޯލިކް)

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:


ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

 

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • ދެފަރާތުން އެއްބަސްވާގޮތުގެ މަތީން
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ލޮޖިސްޓިކަލް އޮޕަރޭޝަން ޑިވިޜަންގެ ވެސެލްތަކުގައި

ޝަރުޠު:                 

  • މެކޭނިކަލް އިންޖިނިއަރިން އިން ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ
  • މި މަގާމާއި ގުޅޭދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ވެސެލް މެއިންޓެނެންސް  މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ހައިޑްރޯލިކް އަދި ނިއުމެޓިކް ސިސްޓަމްތަކަށް އަހަލުވެރިވުން
  • ކަޓަރ ޑްރެޖަރެއްގައި މަސައްކަރެވިފައިވާ ފަރާތަކަށް އިސްކަންދެވޭނެ    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • މިމަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

 

ޓަގް އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 02

ވަޒީފާގެ ބާވަތް:


ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

 

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 6007 ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޓަގުގައި ހުރުމާއި ކެއުން.
  • ދަތުރު އެލަވަންސް
  • ޕެންޝަން ސްކީމް

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީގެ ޑޮމެސްޓިކް ޓަގުތަކުގައި

ޝަރުޠު:                 

  • ޓަގު ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް E,F ކެޓަގަރީ)
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގައި ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި ކަމާބެހޭ އެންމެހާ ޤާނޫނުތަކާއި، ޤަވާޢިދުތައް އަދި މަސައްކަތުގެ މިންގަނޑުތަކާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 29 އޮކްޓޯބަރ 2020 ން 05 ނޮވެންބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 28 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 15:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001127 / 3001120   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                            

 

24 އޮކްޓޯބަރ 2020

24 އޮކްޓޫބަރު 2020
ހޯދާ