މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ

 

ދިވެހިރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭ ފަރާތްތަކުން މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ވަޒީފާ ދޭ ފަރާތުން ހަމަޖައްސާފައިވާ ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރާ ތަން (ވޯކް ސައިޓް) އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި، (1) ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް؛ ނުވަތަ (2) ސިވިލް ކޯޓުގައި / މެޖިސްޓްރޭޓު ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ، މި އިއުލާންއާއި އެއްކޮށް އާންމުކޮށްފައިވާ ފޯމް "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" ފުރިހަމަކޮށް ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

"ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" މި މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) އިންނާއި އެކްސްޕެޓް އޮންލައިން ސިސްޓަމްއިންވެސް ލިބިވަޑައިގަންނަވާނެކަމުގައި މައުލޫމާތައްޓަކައި ދެންނެވީމެވެ.

22 އޮކްޓޫބަރު 2020
ހޯދާ