މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ސާވަރ އަދި ވީއެމް ތަކަށް ބޭނުން ކުރަމުންގެންދާ ސޭން (ސްޓޯރޭޖް އޭރިޔާ ނެޓްވޯރކް( ފުރިފައިވާތީ މިހާރު މިނިސްޓްރީގައި ބޭނުންކުރާ ސޭން ބޮޑުކުރުމަށްޓަކައި ސްޓޯރޭޖް އޭރިޔާ ނެޓްވޯރކް އެކްސްޓެންޝަން ޔުނިޓެއް ހޯދުމާއި ގުޅޭ

އިޢުލާން 

         މިނިސްޓްރީ އޮފް ހެލްތުގެ ސާވަރ އަދި ވީއެމް ތަކަށް ބޭނުން ކުރަމުންގެންދާ ސޭން (ސްޓޯރޭޖް އޭރިޔާ ނެޓްވޯރކް( ފުރިފައިވާތީ މިހާރު މިނިސްޓްރީގައި ބޭނުންކުރާ ސޭން ބޮޑުކުރުމަށްޓަކައި ސްޓޯރޭޖް އޭރިޔާ ނެޓްވޯރކް އެކްސްޓެންޝަން ޔުނިޓެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 އޮކްޓޯބަރ  2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 05 ނޮވެމްބަރ  2020 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

05 ރަބީއުލް ޢައްވަލް 1442

22 އޮކްޓޫބަރު 2020
ހޯދާ