މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/11040ރުފިޔާ (އެގާރަހާސް ސާޅީސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/4140 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ސާޅީސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ (ފަސްދޮޅަސް ރުފިޔާ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  

ޔުނިޓް:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން

މަޤާމުގެ މަސްޢޫލިއްޔަތު

  • އީކޮމާރަސް ޑިވެލޮޕްކޮށް ޒަމާނީ ކުރުމުގެ މަސައްކަތާ ގުޅޭ ޕޮލިސީ ލެވަލްގެ މަސައްކަތް ކުރުން
  • އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދާއިރާއިން ހުރި ފުރުސަތުތަކުގެ ބޭނުން ހިފައި މިދާއިރާ ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުން
  • އީ-ކޮމާސް ދާއިރާގައި ހުރި ފުރުޞަޠުތުތައް ކެޕިޓަލައިޒް ކުރުމާއި މާކެޓް ދިރާސާކުރުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒްނަސް މެނޭޖްމަންޓް / މާރކެޓިންގ ދާއިރާއިން މާރސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން، ނުވަތަ
  • ބިޒްނަސް މެނޭޖްމަންޓް / މާރކެޓިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާޞިލްކޮށްފައިވުމާއެކު ދާއިރާގެ ތަޖްރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  •  ކަންކަމުގައި އަމިއްލައަށް އިސްނެގުމާއި ޕްރެޒެންޓޭޝަން ސްކިލްސް، ނެގޯސިއޭޝަން ސްކިލްސް އަދި ޑިވެލޮޕްމަންޓް ޕްލޭން ހެދުމުގެ ޤާބިލްކަން ހުރުން
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ އަދި ދަތިކަމެއްނެތި ދަތުރުފަތުރުކޮށް އުޅެވޭނެ ފަރާތަކަށްވުން.

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 8:00 އިން ހަވީރު 15:00އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • މަޤާމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ނުވަތަ ސިޓީ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީއާއެކު (ސިޓީގައި އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 26 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ސިޓީ ހުށަހަޅާނަމަ:

 މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

 މާލެ، ދިވެހިރާއްޖެ

  1. 1.   ވަޒީފާއަށް އެދޭފޯމު މެދުވެރިކޮށް ހުށަހަޅާނަމަ:

 ތިރީގައިވާ ލިންކް އިން ފޯމު ޑައުންލޯޑްކޮށް ފުރިހަމަކޮށްފައިވާ ފޯމު ހުށަހެޅުން.

https://maldivespost.com/media/downloads

  1. ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިންވެސް ފޯމު ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
22 އޮކްޓޫބަރު 2020
ހޯދާ