މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

                                                                                ނަންބަރު:    75/IUL)202-M/1/2020)

 

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 29 އޮކްޓޫބަރ 2020  ދުވަހުގެ 17:00 އިން 23.00 އަށް ކ.ތަނބުރުދޫ އަދި ކ.ގިރިފުށީގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :              މިނީފްލޭއަރ، ޕެރަޝޫޓް ފްލޭއަރ

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:        300 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:        300 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:        ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:          ކ.ތަނބުރުދޫ އަދި ގިރިފުއްޓާއި ދިމާމަތި

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

                  06 ރަބީއުއްއައްވަލް 1442

                 22 އޮކްޓޫބަރ     2020

 

 

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

މާލެ،ދިވެހިރާއްޖެ     

22 އޮކްޓޫބަރު 2020
ހޯދާ