މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަމަދޫ ވޮލީ ކޯޓް އެޅުމަށް ބޭނުންވާ ސާމާނު ފޯރުކޮއްދިނުން

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

ބ. ކަމަދޫ ، ދިވެހިރާއްޖެ.

Secretariat of the South MaalhosmaduluKamadhoo Council

Baa.kamadhoo,Rep.Of Maldives

                                             

                                                 ނަންބަރ: IUL)314-SS/INDIV/2020/48)

އިޢުލާން

އަންދާސީ ހިސާބު ހޯދުން

      1. މިރަށު ވޮލީކޯޓް ޒަމާނީ ފެންވަރަކަށް ތައްޔާރު ކުރުމުގެ ގޮތުން ވޮލީކޯޓްގެ ޕިޗް އެޅުމަށާއި، ލައިޓް ޕޯސްޓްތަކާއި ނެޓް ޕޯސްޓްތައް ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓްކުރާ ތަކެތި ފޯރުކޮށްދޭނޭ ފަރާތެއްހޯދަން ކުރެވުނު އިޢުލާން ނަންބަރު  (IUL)314-SS/314/2020/4  އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ފުރިހަމަނުވާތީ އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ބޭނުންވާ ތަކެކެއްޗަކީ، ހިލަ، ހިލަވެލި، ދަގަނޑު،ސިމެންތި، ސަޓަރިން ފިލާ އަދި ދަގަނޑު ބަންނަ ނަރެވެ.

      2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޫބަރު 27 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން [email protected] މެއިލް ކުރުމުން  ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.

      3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވަނަމަ 2020 އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.

      4. މި މަސައްކަތާއިގުޅޭ އެންމެހާ ސަޕޯރޓިން ޑޮކިޔުމެންޓްސް ރެޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ފޯރުކޮށްދެވޭނެއެވެ.

      5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ނޮވެންބަރު 2020ވާ ހޯމަ ދުވަހުގެ 11.00 ގައި ކަމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.އަދި ސިޓީއުރައިގެ ބޭރުގައި "ވޮލީކޯޓް އެޅުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.  އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީ / ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއި ކުންފުނީގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާމީހެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީގެ އިތުރުން، އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.

             މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6600051 ފޯނާ  ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ

04 ރަބީޢުލްއައްވަލް 1442

21 އޮކްޓޫބަރު 2020 

21 އޮކްޓޫބަރު 2020
ހޯދާ