ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ގާއިމްކުރާ ކޯ ވޯކްސްޕޭސް ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

އިޢުލާން

އަަލަށް ފަށާ ކުދި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) ކޯޝެއާޑް ވޯކްސްޕޭސް (Co-shared work space) ފެސިލިޓީއެއް މާލޭގައި ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. ކޯ ވޯކްސްޕޭސްއަކީ ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރިފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްތައްކޮށް، ހިޔާލުބަދުލުކުރެވޭނެ ފަހި މާހައުލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފަރުމާކުރެވިފައި ހުންނަ ތަންތަނެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ފޯމް މެދުވެރިކޮށް މިކަމަށް ރަޖިސްޓަރ ވެލެއްވުމަށް ދައުވަތު އަރުވަމެވެ. ފޯމް ލުމުގެ ސުންގަޑިއަކީ 27 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 1500 އެވެ. 

https://bit.ly/3m6U72G

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

މއ. މާދެލި، 6 ވަނަ ފަންގިފިލާ، މަޖީދީ މަގު، މާލެ

ފޯނު: 5555 330

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

20 އޮކްޓޫބަރު 2020
ހޯދާ