ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެކަޑަމީ ހިންގަމުންދާ ޢިމާރާތުގެ ލިފްޓަށް ޖެހިފައިވާ މައްސަލަ ޙައްލުކޮށްދިނުމާއެކު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާބެހޭ

ވިލިމާލޭގައި ޖުޑީޝަލް އެކަޑަމީ ހިންގަމުންދާ ޢިމާރާތުގެ ލިފްޓަށް ޖެހިފައިވާ މައްސަލަ ހައްލުކޮށް މަރާމާތުކޮށްދިނުމާއެކު، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މި ޑިޕާޓްމަންޓްގެ ނަންބަރު 198-F/2020/138 (15 އޮކްޓޯބަރ 2020) އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް އައިސްފައިވާތީ، އެ އިޢުލާނު ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިޢުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2020 އޮކްޓޯބަރ 28 ވާ ދުވަހުގެ 11:00 ގައި ވިލިމާލެގައި ހުންނަ ޖުޑީޝަލް އެކަޑަމީގައި އޮންނާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ނޮވެމްބަރ 01 ވަނަ ދުވަހުގެ  13:00އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ރަބީޢުލްއައްވަލް 1442

20 އޮކްޓޫބަރު 2020
ހޯދާ