މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓަންޓެއް ހޯދުމަށް

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއެކު މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުމަށް ޓްރެއިނިންގ މޮޑިއުލެއް ހެދުމަށް ލޯކަލް ކޮންސަލްޓަންޓެއް ހޯދުން

 

 

މައްސަލައިގެ ބެކްގްރައުންޑް

ވަކި ޖިންސަކަށްވީތީވެ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާއާ ބެހޭގޮތުން ދިވެހިރާއްޖޭގައި ދިރާސާއެއް ކުރެވި "ދަ މޯލްޑިވްސް ސްޓަޑީ އޮން ވިމެންސް ހެލްތް އެންޑް ލައިފް އެކްސްޕީރިއަންސަސް: އިނީޝިއަލް ރިޒަލްޓްސް އޮން ޕްރިވެލަންސް، ހެލްތް އައުޓްކަމްސް އެންޑް ވިމެންސް ރެސްޕޮންސް ޓު ވަޔަލަންސް" ގެ ނަމުގައި ރިޕޯޓެއް ވަނީ އެކުލަވާލެވިފައެވެ. މި ދިރާސާގެ ހޯދުންތަކަށް ރިޢާޔަތްކުރާއިރު ދިވެހިރާއްޖޭގައި: 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ 3 ކުން 1 އަންހެނަކީ އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ވައްތަރެއްގެ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ތަޖުރިބާކޮށްފައިވާ ފަރާތެކެވެ. މީގެ ތެރޭގައި ޒާތީ ގުޅުމެއް އޮތް ބައިވެރިޔާގެ ފަރާތުން ލިބޭ އަނިޔާ، އާއިލާ މެމްބަރުން ފަދަ އެހެނިހެން މީހުން، އެއްކޮށް މަސައްކަތް ކުރާ މީހުން އަދި ނުދަންނަ މީހުންގެ ފަރާތުން ލިބޭ އަނިޔާ އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކަ ހިމެނެއެވެ. ކޮންމެ ގޮތެއް ވީކަމުގައި ވިޔަސް މިރިޕޯޓުން ދައްކުވައިދޭ ގޮތުން ބައިވެރިޔާ ނުވަތަ ކުރީގެ ބައިވެރިޔާގެ ފަށުން އަނިޔާ ވުމަށް އެންމެ ބޮޑު ނުރައްކަލެއް އޮތް މީހުންނަކީ އަންހެނުންނެވެ. ގޭގެ މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހީވެފައިވާ ހީވުމަށް މިރިޕޯޓުން ގޮންޖަހައެވެ. މީގެ އިތުރުން ފާއިތުވެދިޔަ 4 އަހަރު ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހެޅިފައިވާ ޖީ.ބީ.ވީ އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު ޖުމްލަ 1545 މައްސަލައެއް ހުށަހެޅިފައިވާއިރު މީގެ ތެރެއިން 1358 މައްސަލައިގެ ހާނިއްކައިގެ ޝިކާރައަކަށްވެފައި ވަނީ އަންހެނުންނެވެ.

 

މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާ

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު 2012/3 ގެ ދަށުން އިޖްތިމާޢީ ޚިދުމަތްދޭ މަރުކަޒްގެ ޛިންމާގެ ތެރޭގައި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް އެހީތެރިވުމުގެ ގޮތުން ރައްކާތެރިކަމުގެ މަރުކަޒަކަށް ގެންދަންޖެހޭ ޙާލަތްތަކުގައި އެ އެހީތެރިކަން ފޯރުކޮށްދިނުމާއި އޭނާއަށް ބޭނުންވާ ނަފްސާނީ ނުވަތަ ކައުންސިލިންގ ހޯދައިދިނުމަށް ބަޔާންކޮށްފައިވީހިނދު މި ފަދަ މަރުކަޒްތަކުގައި ހަރަކާތްތެރިވަމުންދާ މުވައްޒަފުންނަކީ މިފަދަ ހައްޞާޞް މައްސަލަތަކުގައި މަސައްކަތްކުރުމުގެ ފަންނީ ތަމްރީން ލިބިފައިވާ ގާބިލް ބަޔަކަށް ހެދުމަށް ބޭނުންވާ ޓްރެއިނިންގ މޮޑިއުލްތަށް އެކުލަވާލައި ތަމްރީން ކުރެވިފައިވާ މުވައްޒަފުންނާއެކު ޚިދުމަތް ދިނުމެވެ.

 

 

 

ކުރަންޖެހޭ މަސައްކަތްތައް:

-          އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިޖްތިމާޢީ  ޚިދުމަތްތެރިންގެ ޤާބިލްކަންހުރި މިންވަރާއި  ބޭނުންވާ ތަމްރީނުތަށް ދެނެގަތުން.

-          އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރާ އިދާރާތަކާއެކު މަސައްކަތްކުރުމުގައި  ހުރި މައްސަލަތަށް ދެނެގަތުން.

-          އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ޓްރެއިނިނގް މޮޑިއުލްތަށް އެކުލަވާލުން.

-          އެކުލަވާލެވޭ ޓްރެއިނިންގ މޮޑިއުލްތަކަށް މުވައްޒަފުން ތަމްރީނުކުރުމަށް ޓްރެއިނިންގ އޮފް ޓްރެއިނަރސް ތަމްރީނުކުރުން.

 

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ،ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

 

މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތް:

(މިނިސްޓްރީގެ މުވައްޒަފެއް)

 

މަސައްކަތުގެ މުއްދަތު:

2 މަސް ދުވަސް

 

މަސައްކަތު ގަޑި:

ރަސްމީ ކޮންމެދުވަހަކު 8 ގަޑިއިރު (ދެ ފަރާތް ވާހަކަ ދައްކައިގެން ނިންމުމަށް)

 

މަސައްކަތުގެ އަގު:

ކޮންމެ މަހަކު :  20,000/- (ވިހިހާސް) ރުފިޔާ

 

ފެންވަރު ނުވަތަ ޝަރުތު:

-          ލޯ، އިންޓަރނޭޝަނަލް ލޯ، ކްރިމިނޮލޮޖީ، ޗައިލްޑް ރައިޓްސް، ސޯޝަލް ސައިންސް ނުވަތަ ކަމާގުޅޭ ދާއިރާއަކުން މާސްޓަރޒް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން

-          އިޖްތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާގައި މަސައްކަތްކޮށް  މަދުވެގެން 5 އަހަރުގެ ތަޖްރިބާ ހުރުން.

-          ދިރާސާ ކުރުމާއި، ޑޭޓާ ރިވިއުކުރުމާއި ރިޕޯރޓް ލިޔުމުގެ ތަޖްރިބާހުރުން.

-          ކޮންސަލްޓަންސީ މަސައްކަތުގެ ތަޖްރިބާހުރުން

-          އަންހެނުންނާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު ރަނގަޅަށް އެނގި ދަސްވެފައިހުރުން.

-          ދިވެހި،އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ސިޓީ އާއި އެހެނިހެން ލިޔެކިއުންތައް (01 ނޮވެންބަރު 2020) ގެ (13:30) ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ. 

20 އޮކްޓޫބަރު 2020
ހޯދާ