ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން

 

މި ކޯޓުގެ އޭސީތަކެއް ސާވިސް ކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 21/2020/(IUL)P2C އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް ތިރީގައި ދެންނެވިފައި އެވާ އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ސާވިސް ކުރަންޖެހޭ އޭސީ ތަކުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

 

#

ބްރޭންޑް/ސައިޒު

ދިމާވެފައިވާ މައްސަލަ

1

HITACHI 12000BTU

އެއްވެސް ވަރަކަށް ފިނިނުވުން

2

HITACHI 24000BTU

އެކަށީގެންވާ ވަރަށް ފިނިނުވުން

3

HITACHI 24000BTU

އެކަށީގެންވާ ވަރަށް ފިނިނުވުން

4

HITACHI 18000BTU

ފިނިނުވުމާއި، އައުޓުޑޯ ޔުނިޓުގެ އަޑު ބާރުވުން

5

HITACHI 18000BTU

އިންޑޯ ޔުނިޓުގެ އަޑު ބާރުވުން

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 12:30 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (27 އޮކްޓޯބަރ 2020)  13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.    

 

އިތުރު މަޢުލޫމާތު

  1. އޭސީތައް ސާވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އެއްވެސް މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
  2. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  3. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ އައިޑީކާޑު ހުށަހަޅަންވާނެއެވެ.
  4. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
20 އޮކްޓޫބަރު 2020
ހޯދާ