މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މިމިނިސްޓްރީން ޒަމާނުންސުރެ ރާއްޖޭގައި ހައްދާ ޞިއްހަތައް ފައިދާހުރި ބާވަތްތައް އިތުރުކުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް (އެއްކަރުދާސް ކުރެވިފައިވާ) ގަނެ ރަށްތަކަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (IUL)30-A1/30/2020/93 (22 ސެޕްޓެމްބަރ 2020) އާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުގެ ޝަރުތު ފުރިހަމަ ނުވާތީ އާއި މިކަމަށް ޚަރަދުކުރުމަށް ލިބިފައިވާ ބަޖެޓަށްވުރެ އަގު ބޮޑުކަމުން އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ 3339219 އަދި 3339239 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިލައްވާނެއެވެ.

ނޯޓް: ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70)
  • ތަޖުރިބާއަށް 20 ޕޮއިންޓް (ތަޖުރިބާގެ ގޮތުގައި ބެލެވޭނީ މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނިންމާފައިވާ ފަރާތްތަކަށް 20 މާރކްސް ލިބޭނެއެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.
  • މުއްދަތަށް 10 ޕޮއިންޓް (އެންމެ ކުރު މުއްދަތެއް ހުށައަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް، އަދި އެންމެ ކުރު މުއްދަތަށް ބަލައި ރޭޝިއޯގެ އުޞޫލުން)

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
  • ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ އެސް.އެމް.އީ. ސެޓްފިކެޓް ކޮޕީ
  • ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
  • އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
20 އޮކްޓޫބަރު 2020
ހޯދާ