ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކާއި އައުޓްޑޯ ޖިމްގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

                   ނަމްބަރ: IUL)244-ESMSMS/244/2020/54

                                    އިޢުލާން                                   

           ހއ.ތުރާކުނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުގުވެރިކަން ހުރިފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޫބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށްބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

       މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

      އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 10 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00  ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ. 

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2020
ހޯދާ