މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
'ނޫސްވެރިކަމުގެ އިނާމް' ދިނުމުގެ ގޮތުން ބޭއްވޭ ހަފްލާގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތްތައް ހޯދުމާ ބެހޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

'ނޫސްވެރިކަމުގެ އިނާމް' ދިނުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި ހަފްލާ ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

  1. ހަފްލާގެ ހޯލް ތައްޔާރު ކޮށްދިނުން (ސައުންޑް، ލައިޓް އަދި ޑެކަރޭޝަންސް)
  2. ނޫސްވެރިކަމުގެ އިނާމް (އެވޯޑް) ތައްޔާރު ކޮށްދިނުން                                

            ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތައް 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ނަންނޯޓްކުރުމަށް [email protected] އަށް މެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ. އަދި 01 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިއުލާނުގައި އެދިފައިވާ އަންދާސީ ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަސައްކަތުގެ މަޢުލޫމާތު ޝީޓް އިއުލާނާއިއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 7967919 / ނަންބަރު ފޯނަށެވެ.

02 ރަބީޢުލްއައްވަލް 1442

19 އޮކްޓޫބަރު 2020
ހޯދާ