މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ މަޝްރޫޢުއާއި ގުޅޭ

ފެނުގެ މަޝްރޫޢުއާއި ގުޅޭ

ގްރީން ކްލައިމެޓް ފަންޑްގެ (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން މިރަށުގައި ކުރިއަށްގެންދާ ފެނުގެ ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ތެރެއިން، ގޭގޭގައި ފެންމީޓަރުހަރުކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މީޓަރުހަރުކުރުމަށް ފާހަގަކޮށްފައިވާ ގޭގެގައި ފާރު ރާނާފައިނުވާ ފަރާތްތަކުން 3ފޫޓް އުސް 2ފޫޓް ފުޅާ މިނުގެ ފާރުބުރިއެއް ރާނާ ގޭތެރެއަށް ވާގޮތަށް ސިމެންތިޖެހުން އެދެމެވެ. އަދި ފާރު ރާނާފައިވާ ފަރާތްތަކުން މީޓަރުހަރުކުރުމަށް ފާހަގަ ޖަހާފައިވާ ތަނުގައި ގޭތެރެއަށްވާގޮތަށް 3ފޫޓް އުސް އަދި 2ފޫޓް ފުޅާމިނުގައި ސިމެންތި ޖަހާ ނިންމެވުން އެދެމެވެ.

ވީމާ ކަނޑައެޅިފައިވާ މަސައްކަތް 15 ނޮވެމްބަރ 2020 ވަނަ ދުވަހުގެ ކުރިން ނިންމަވައިދެއްވުންއެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 އޮކްޓޫބަރު 2020
ހޯދާ