ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް 1ރޯޑް ސްވީޕަރ އާއި 1 ހައިޑޮރޯލިކް ހަރުގަނޑު ހޯދަން ބޭނުންވެއްޖެއެވެ.

 ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް މިދަންނަވާ ތަކެތި ހޯދަން ބޭނުންވެއްޖެއެވެ.

  • ·              ރޯޑް ސްވީޕަރ               * ހައިޑްރޯލިކް ހަރުގަނޑު

ވީމާ، މިތަކެތި ފޯރުކޮށްދޭނެ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 20 އޮކްޓޯބަރ 2020 (އަންގާރަ) ދުވަހުން ފެށިގެން 28 އޮކްޓޯބަރ 2020 (ބުދަ) ދުވަހާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  •  މައުލޫމާތު ދިނުން – 02 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހުގެ 09:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 10 ނޮވެމްބަރ 2020 ވާ (އަންގާރަ) ދުވަހުގެ 09:00 ގައި

މަޢުލޫމާތު ދިނުން އޮންލައިކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް، އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެންނޯންނާނެ ކަމުގައި ދަންނަވަމެވެ.ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

19 އޮކްޓޫބަރު 2020
ހޯދާ