ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދުގެ ބޮޑުހިންނޭ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމާއި ގުޅޭ

އިޢުލާން

 

ލ.ކުނަހަންދުގެ ބޮޑުހިންނޭ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމާއި ގުޅޭ

                    ލ.ކުނަހަންދޫގެ ހުޅަނގު ފަރާގައިވާ ބޮޑު ހިންނޭ ކިޔާ ބިމަކީ އަމިއްލަ ފަރާތަކުން ވަރުވާ ދައްކައިގެން ގެންގުޅޭ ބިމެކެވެ. އަދި އެ ބިމުގައި ރަށުގެ ގިނަ ފަރާތްތަކުން ދަނީ ދަނޑުވެރިކަން ކުރަމަށް ބޭނުންކުރަމުންނެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން ހަމަނުޖެހުން އުފެދޭ ގޮތަށް އެ ބިން ބޭނުން ކުރުމަކީ ކައުންސިލުން އެދޭގޮތެއް ނޫނެވެ. އަދި އެބިމުގައި އެއްވެސް މީހަކު ސާފްކޮއްގެން ބޭނުން ކުރާ ސަރަހައްދަކަށް އެހެންމީހަކު ވަދެ ތަކެތި އިންދުމަކީ މަސްލަހަތު ގެއްލޭ ކަމެކެވެ. އެހެންކަމުން މިއަދުން ފެށިގެން އެއްވެސް ފަރާތަކުން އެ ބުމުގައި ދަނޑުބިން ރަޖިސްޓްރީ ކުރެވެންދެން، މަސްލަހަތު ގެއްލޭފަދަ އެއް ވެސް އަމަލެއް ނުކުރުމަށް ނަސޭހަތްތެރި ވަމެވެ. އަދި އެހެން މީހުން ސާފްކޮއްގެން ގެންގުޅޭ ސަރަހައްދުގައި އިންދާފައިވާ ތަކެތި ނެގުމަށް ދަންނަވަމެވެ. އަދި ރުކާއި ބިޔަވާ ޒާތުގެ އެއްވެސް ރުއްގަހެއް އެ ބިމުގައި އެއްވެސް ފަރާތަކުން ނުއިންދުމަށާއި 8އިންޗިއަށް ވުރެ ބޮޑު އެއްވެސް ރުކެއް ގަހެއް އުފުރައި އަންދާ ހަލާކުކޮއްގެން ނުވާނެއެވެ. އަދި ހޭޅިފަށުން ގޮނޑުދޮށު ވެލިގަނޑުން ފެށިގެން 70 ފޫޓް އަށްވުރެ އެތެރެއިން އެއްވެސް ބާވަތެއްގެ ރުއްގަސް ކޮށައި ހަލާކުކޮއްގެން ނުވާނެއެވެ. އަދި އެ ބިމުގައި ދަނޑުވެރިކަން ކުރުމަށް 28ޑިސެމްބަރު 2014 އިން ފެށިގެން ހަދާދެވިފައިވާ ތިރީގައި މިދަންނަވާ 9 ރަޖިސްޓްރީ ބާތިލް ކުރެވިފައިވާ ވާހަކަ އެންމެހާ ރައްޔިތުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ.

ރަޖިސްޓްރީ ނަމްބަރު

ހަދާދެވުނު ތާރީހު

19އޮކްޓޫބަރު 2020ން ފެށިގެން

O/12/IND/2014/01

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2014/02

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2014/03

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2014/04

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2014/05

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2014/06

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2014/07

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2014/08

28ޑިސެމްބަރު 2014

ބާތިލް ކުރެވިފައި

O/12/IND/2015/09

16ފެބުރުވަރީ 2015

ބާތިލް ކުރެވިފައި

405/O-12/IND/2019/01

20އޮގަސްޓް 2019

ބާތިލް ކުރެވިފައި

                 ވީމާ، މަތީގައި ދެންނެވިފައިވާ ރަޖިސްޓްރީ ތަކުގެ ވެރިފަރާތްތަކުން އެރަޖިސްޓްރީ ތަކުގެ އަސްލު ކައުންސިލާއި ހަވާލު ކޮއްދެއްވުން އެދެމެވެ. އަދި މި ބިމުގައި އެކިއެކި ކަންކަން ކުރުމަށް ދޫކުރެވިފައިވާ ހުއްދަތަށް ވެސް މިއަދު 19އޮކްޓޫބަރު 2020ން ފެށިގެން ބާތިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ދެން މީގެ ފަހުން އެބިމުގައި ދިމާވާ މައްސަލަތަށް ހައްލުކުރެވޭނީ އެ ބިމުން ދަނޑުވެރިކަން ކުރުމަށް ބިން ރަޖިސްޓްރީކޮށް ހަވާލުކުރުމަށްފަހުގައެވެ.

19 އޮކްޓޫބަރު 2020
ހޯދާ