ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އިންޓަރންޝިޕްގެ ފުރުޞަތު

މި ޓްރައިބިއުނަލުގައި އިންޓަރނުންގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

މަސައްކަތްކުރަން ޖެހޭ ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ. މާލެ

ބޭނުންވާ ޢަދަދު: 08 (އަށެއް)         

މުއްދަތު:   06 (ހައެއް) މަސްދުވަސް

ޢާއްމުކޮށް ކުރަންޖެހޭ މަސައްކަތްތައް:

  • ޓްރައިބިއުނަލުގެ މަސައްކަތްތަކާ ގުޅޭގޮތުން ޓްރައިބިއުނަލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޓްރައިބިއުނަލުން ހިންގާ ތަމްރީންތަކާއި ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  • ހަވާލުކުރެވޭ އެކިއެކި ލިޔުންތައް ތަރުޖަމާކުރުން.
  • ވަޒީފާއާބެހޭ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ނިންމުންތައް ބަލާ ދިރާސާކުރުމާއި، ދިވެހިރާއްޖޭގައި މިފަދަ މައްސަލަތަކުގައި މީގެ ކުރީން ޢަމަލުކޮށްފައިވާ ގޮތް ބަލާ ހޯދުމާއި، ޤާނޫނީ ލިޓްރޭޗަގައި މިފަދަ މައްސަލަތަކާއި މެދު ޢަމަލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ގޮތް ދެނެގަތުމުގައި އެހީތެރިވުން.
  • ޓްރައިބިއުނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.

ފެންވަރު ނުވަތަ ޝަރުތު: ޤާނޫނީ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ޙާޞިލް ކޮށްފައިވުން ނުވަތަ ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރަކަށް ވުން.

 މި މަސައްކަތަށް މީހުން ނެގުމުގައި ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

އެހެނިހެން:

    • ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށް ނުވުން.
    • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
    • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 

މި ޓްރައިބިއުނަލުގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލްގެ އިންޓަރންޝިޕަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމޭލުކުރެއްވުމަށް ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ އިންޓަންޝިޕަށް އެދޭ ފޯމް.
  • އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ޤާނޫނީ ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވާކަން ނުވަތަ ޤާނޫނީ ދާއިރާއިން ކިޔަވަމުންދާކަން އެނގޭނެ ލިޔުމެއްގެ ކޮޕީ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިންޓަރންޝިޕަށް އެދޭ ފޯމު މި ޓްރައިބިއުނަލުގެ ރަސްމީ ވެބްސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

19 އޮކްޓޫބަރު 2020
ހޯދާ