ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގެ ގދ. ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: IUL)196-C/1/2020/32)

 

އިޢުލާން

                 މިއޮފީހުގެ ގދ. ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް 2020 ސެޕްޓެންބަރު 17 ގައި ކުރެވުނު ނަންބަރު IUL)196-C/1/2020/22) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

                 ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2020 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހުގެ ގދ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ނޮވެންބަރު 09 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ގދ. ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިއޮފީހުގެ ގދ. ގޮފި ހިނގަމުންދަނީ ގދ އަތޮޅުގޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 ފޯނާއި، ނުވަތަ ގދ. ގޮފީގެ ނަންބަރު: 6842646 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފިނަމަ މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

 

                                          02 ރަބީޢުލްއައްޥަލް 1442

19 އޮކްޓޫބަރު 2020
ހޯދާ