ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ ހުނަރުތަކާއި ގުޅޭ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު

މިނިސްޓްރީ އޮފް ޔޫތު ، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އަތޮޅުތެރޭގެ ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމުގެ މަޤްޞަދުގައި ޕްރޮގުރާމްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން 29 އޮކްޓޯބަރ 2020 ގައި އިންޓަރނެޓް މެދުވެރިކޮށް ދިރިއުޅުމުގެ ހުނަރުތަކާއި ގުޅޭގޮތުން ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގުރާމްގައި އުމުރުން 18 އަހަރާއި 35 އަހަރުގެ ދެޖިންސުގެ ޒުވާނުންނަށް ބައިވެރިވެވޭނެވެ. މިޕްރޮގުރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 14:00 ގެކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6528831 އަށް ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2020
ހޯދާ