ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ނުވަތަ ރާއްޖެއިން ލިބުން އުނދަގޫވާފަދަ ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ދަފުތަރު އެކުލަވާލުން

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން (އެސް.ޓީ.އޯ) އަތޮޅު އެތޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީތައް ހިންގަމުން ގެންދަނީ އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައެވެ. އަދި މިޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އެކުންފުނީގެ ފަރާތުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިމަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދިގު މުއްދަތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށާއި ޚާއްޞަ ބަލިތަކުގެ ބޭސް ބޭނުންވާ ފަރާތްތަކާއި ރަށުން ނުވަތަ ރާއްޖެއިން ލިބުން އުނދަގޫވާފަދަ ބޭސް ބޭނުންވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. 25 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 14:00 ގެކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6528831 އަށް ގުޅުއްވައި މިދަފުތަރުގައި ނަންނޯޓް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2020
ހޯދާ