މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އަށް ބޭނުންވާ ސްޓޮކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އަށް ބޭނުންވާ ސްޓޮކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)23-OAA/23/2020/105 (04 އޮގަސްޓް 2020) އިޢުލާނާއި ގުޅިގެން ބައެއް މައުލޫމާތުތަކަށް ބަދަލު ގެންނަން ޖެހޭތީ އެއިޢުލާން ބާތިލް ކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތައް 17 އޮކްޓޯބަރ 2020 ވާ ހޮނިހިރު ދުވަހުން ފެށިގެން 28 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައި ވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގައި ދަރުބާރުގޭ ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހު މެންދުރު 14:00ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

28 ޞަފަރު 1442

16 އޮކްޓޫބަރު 2020
ހޯދާ