ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ އިދާރާއަށް މުވައްޒަފުން ބޭނުންވެއްޖެ

މިރަށު ކުނިކޮށީގައި މަސައްކަތް ކުރުމަށް ތިރީގައިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.   

މަޤާމް

ޑްރައިވަރު

ބޭނުންވާ ޢަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (01 އަހަރު ދުވަހަށް )

މަޤާމުގެ ރޭންކް:

 އެސް. އެސް 2

މަޤާމުގެ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މުސާރައާއި އެލަވަންސް

އަސާސީ މުސާރަ: -/7000 ( ހަތްހާސް) ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް: -/1000 ( އެއްހާސް ރުފިޔާ ) ( މަހަކު )

މުސާރާއާއި އެލަވަންސް އިން އުނިކުރެވޭގޮތް

މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 266.67 ( ދުއިސައްތަ ފަސްދޮޅަސް ހަރުފިޔާ/ފަސްދޮޅަސް

ހަތްލާރި )

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

ހަފްތާއަކު 6 ދުވަހު، ދުވާލަކު 07 ގަޑިއިރު      ހުކުރު ދުވަހު 3 ގަޑީއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ޑްރައިވަރުގެ މަސްއޫލިއްޔަތުތައް

  • ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ މަތިން އެދުވަހަކު ކުނި ނެގުމަށް ކަނޑައަޅާ ސަރަހައްދުތަކުން ކުނި ނެގުން
  • ކޮންމެ ދުވަހަކު ޕިކަޕުގެ މަސައްކަތް ނިންމާފައި ބޭއްވުމުގެކުރިން ޕިކަޕު ރަނގަޅަށް ދޮވެ ސާފުކޮށް ޕިކަޕުތައް ބާއްވާ ގަރާޖުފަދަ ތަންތަންވެސް ދޮވެ ސާފުކޮށް ބެލެހެއްޓުން
  • ކުނި ވަކިނުކޮށް ހުންނަ ގެތަކާއި ތަންތަނާއި ހާއްސަ ކުނި ގެންގުޅުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ނޯޓުކުރުމާއި، ދުވަހުން ދުވަހަށް ކައުންސިލުން ކަނޑައަޅާ ފަރާތަކާއި ހިއްސާ ކުރުން
  • ޕިކަޕަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ އެއްވެސްއެއްޗެއް ބޭނުންވާނަމަ އެ ގެއްލުމެއްގެ މަރާމާތައް  ނުވަތަ އެ ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކައުންސިލް އިދާރާގެ ސެކްޝަނަށާ ނުވަތަ މިކަމާ ޙަވާލުވެހުރި ފަރާތަކާ ގުޅައިގެން ހޯދައި ކުރެވެން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން އަދި އަމިއްލައަށް ނުކުރެވޭ ވަރުގެ މަރާމާތެއް ކުރަންވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް މަޢުލޫމާތުދީ ވީހައިވެސް އަވަހަކަށް މިކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  • ކުނިކޮށްޓަށް ބޭނުންވާ ތަކެތި ހޯދަން އެންގުމާއި އެ ތަކެތި ބެލެހެއްޓުން
  • ކުނިކޮށިގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުން
  • ކުނިކޮށްޓަށް ކުނިގެންދަން ޕިކަޕުގައި ކުނި ނަގާއިރު އަދި ކުނިކޮށްޓަށް ކުނިގެންގޮސް ކުނި ހުސްކުރާއިރު އަދި ކުނިއަންދާ މިނޫނަސް މިތަނުގައި މަސައްކަތުމީހުން މަސައްކަތް ކުރާ ގަޑިތަކުގައި އެމީހުންގެ މަސައްކަތްތައް ސްޕަވައިޒުކޮށް އަމަލީގޮތުން މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރުން.
  • ޚާއްޞަ ހާލަތްތަކުގައި ކައުންސިލް އެހެނިހެން ސެކްޝަންތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

މަޤާމުގެ ޝަރުތުތައް

  1. އެއްގަމު އުޅަނދު ދުއްވުމުގެ ކެޓަގަރީ C1 އިން މަތީގެ ލައިސަންސްއެއް އޮތުން
  2. ލިޔަން ކިޔަން އެނގުން

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

01 (އެކެއް)     

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (01 އަހަރު ދުވަހަށް )

މަޤާމުގެ ރޭންކް:

އެސް. އެސް 2

މަޤާމުގެ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މުސާރައާއި އެލަވަންސް:

މަހަކު -/6000 ( ހަހާސް ) ރުފިޔާ

ސަރވިސްއެލަވަންސް: -/1000 ( އެއްހާސް ) ރުފިޔާ

މުސާރައާއިއެލަވަންސް

އިން އުނިކުރެވޭނެގޮތް

މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 233.33 ( ދުއިސައްތަ ތިރީސް ތިންރފިޔާ/ތިރީސް ތިންލާރި)

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

ހަފްތާއަކު 6 ދުވަހު، ދުވާލަކު 07 ގަޑިއިރު      ހުކުރު ދުވަހު 3 ގަޑީއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މަސައްކަތު މުވައްޒަފުގެ މަސްއޫލިއްޔަތުތައް

  • ރަށު ތެރެއިން ނަގަންޖެހޭ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ނަގާ، ކުނިކޮށްޓަށް ގެންދިއުން
  • ކުނި ނައްތާލުމަށް ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ މަތިން ކުނި ނައްތާލުމުގެ މަސައްކަތް ކުރުން
  • ކޮންމެ ދުވަހަކު ޕިކަޕުގެ މަސައްކަތް ނިންމާފައި ބޭއްވުމުގެކުރިން ޕިކަޕު ރަނގަޅަށް ދޮވެ ސާފުކޮށް ޕިކަޕުތައް ބާއްވާ ގަރާޖުފަދަ ތަންތަންވެސް ދޮވެ ސާފުކޮށް ބެލެހެއްޓުން
  • ކުނި ވަކިނުކޮށް ހުންނަ ގެތަކާއި ތަންތަނާއި ހާއްސަ ކުނި ގެންގުޅުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ނޯޓުކުރުމާއި، ދުވަހުން ދުވަހަށް ކައުންސިލުން ކަނޑައަޅާ ފަރާތަކާއި ހިއްސާ ކުރުން
  • ޕިކަޕަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ އެއްވެސްއެއްޗެއް ބޭނުންވާނަމަ އެ ގެއްލުމެއްގެ މަރާމާތައް  ނުވަތަ އެ ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކައުންސިލް އިދާރާގެ ސެކްޝަނަށާ ނުވަތަ މިކަމާ ޙަވާލުވެހުރި ފަރާތަކާ ގުޅައިގެން ހޯދައި ކުރެވެން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން އަދި އަމިއްލައަށް ނުކުރެވޭ ވަރުގެ މަރާމާތެއް ކުރަންވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް މަޢުލޫމާތުދީ ވީހައިވެސް އަވަހަކަށް މިކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  • ކުނިކޮށްޓަށް ކުނިގެންދަން ޕިކަޕުގައި ކުނި ނަގާއިރު އަދި ކުނިކޮށްޓަށް ކުނިގެންގޮސް ކުނި ހުސްކުރާއިރު އަދި ކުނިއަންދާ މިނޫނަސް މިތަނުގައި މަސައްކަތުމީހުން މަސައްކަތް ކުރާ ގަޑިތަކުގައި ކައުންސިލުން އަންގާފިނަމަ އަމަލީގޮތުން މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރުން.
  • ޚާއްޞަ ހާލަތްތަކުގައި ކައުންސިލް އެހެނިހެން ސެކްޝަންތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

މަޤާމުގެ ޝަރުތުތައް

  1. ލިޔަންކިޔަން އެގުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

15

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

70

15

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

15

70

ޖުމްލަ

185

100

100

 

 

 

 

 

 

 

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 އޮކްޓޫބަރު  27 އާއި
2020 އޮކްޓޫބަރު 31 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 އޮކްޓޫބަރު 2020
ހޯދާ