މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ވެލުއޭޝަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2020/223 (13 ސެޕްޓެމްބަރ 2020) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މި މިނިސްޓްރީން އިސްލާހްކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެގޮތަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވެލުއޭޝަން ތައްޔާރުކުރުމަށް ބޭނުންވެއެވެ.

ޕްރީ-ބިޑް މީޓިންގ:                 20 އޮކްޓޯބަރ 2020، 13:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން:          28 އޮކްޓޯބަރ 2020، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 އޮކްޓޫބަރު 2020
ހޯދާ