ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުމާއި ގުޅޭ!

އިޢުލާން

ނީލަންކިޔުމާއިގުޅޭ!

 ހޯރަފުށީ ކައުންސިލްގެ އިދާރާގައާއި އޯކިޑްވިލާ (ރައްވެހިގެ)އާއި ހޯރަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައާއި އަދި އެހެނިން ޢިމާރާތްތަކާއި ތަންތަނުގައި ބޭނުންކުމަށް ފަހު ނަގާފައިވާ ބައުތަކެތި ނީލަންކިޔުމަށް ރަށުކައުންސިލްގެ ތިންވަނަ ދައުރުގެ 43/2020 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށްފައިވާތީ، މިތަކެތި ނީލާންކިޔުން، 2020 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި އޯކިޑްވިލާ (ރަށްވެހިގެ) ކުރިމަތީގައި އޮންނާނެއެވެ.

ނީލަމުން ތެކެތި ނަންގަވާ ފަރާތްތަކުން ވަގުތުން ފައިސާ ދައްކަވަންވާނެއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި 2020 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 18:00 ކުރިން ގެންދަވަންވާނެއެވެ.

އަދި މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަށްވެސް އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

07 އޮކްޓޫބަރު 2020
ހޯދާ