އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ ކެބިން އަދި ވާރކް އޭރިއާއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

               މެނޭޖަރ ކެބިން އަދި ވާރކް އޭރިއާއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                                ނަންބަރު: IUL-PROC-AS-2020-008


މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގް 3 ވަނަ ފަންގިފިލާ) ގައި މެނޭޖަރ ކެބިން އަދި ވާރކް އޭރިއާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް 12 ފެބްރުއަރީ 2020 ގައި ކުރެވުނު އިޢްލާން ނަމްބަރު IUL-PROC-AS-2020-003 އަށް ކުރިމަތިލައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުން، އޭރު ހުށަހެޅި އަގަށް މި ދެންނެވި މަސައްކަތްތައް މިހާރު ކޮށްދެވެން ނެތް ވާހަކަ ދެންނެވުމުން، އެ އިޢްލާން ބާތިލްކޮށް އަލުން އިޢްލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް، ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ މި ކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.

 

15 އޮކްޓޯބަރ 2020

 

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

15 އޮކްޓޫބަރު 2020
ހޯދާ