ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

          ތިރީގައި މިދަންނަވާ ގޯތިތަކަށް ހަދާދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން އެގޯތިތަކުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމަށް އެދި އެ ގޯތިތަކުގެ ވެރިފަރާތްތަކުން ވަނީ މިއިދާރާއަށް ހުށަހަޅުއްވާފައެވެ. 

  1. ހއ. ހޯރަފުށީ "ނިޔާމަ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 228، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ
  2. ހއ. ހޯރަފުށީ "ފަރީދީނޫރު" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 1، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

          ވީމާ، މި ރަޖިސްޓަރީތަކާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް އެކަން އެންގެވުން އެދެމެވެ.

          މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                27 ޞަފަރު  1442

14 އޮކްޓޫބަރު 2020
ހޯދާ