މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމު:

ދޯނި ފަޅުވެރި

ބޭނުންވާ އަދަދު:

01

އިދާރާ:

މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތަރިކަ-2 ފެރީ  / ކ. ތުލުސްދޫ

ވަޒީފާގެ ބާވަތް:

ދާއިމީ (ފުރަތަމަ ވަޒީފާއަށް ނެގޭނީ 3 މަހުގެ ޕްރޮބޭޝަން ޕީރިއަޑަށެވެ. މިމުއްދަތުގެތެރޭގައި ވަޒީފީއަށް ރަނގަޅުނަމަ ވަޒީފާ ދާއިމީކުރެވޭނެއެވެ.)

މުސާރަ:

މަހަކު 3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1000.00 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ދަތުރު ފައިސާގެ ގޮތުގައި ދަތުރުކުރާ ކޮންމެ ދުވަހަކަށް 80.00ރުފިޔާ

ކޮއްތު ފައިސާގެ ގޮތުގައި ދަތުރުކުރާ ކޮންމެ ދުވަހަކަށް 120.00ރުފިޔާ

މީގެއިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އިތުރު ދަތުރުގެ ފައިސާއާއި، އަދި ރަމަޟާންމަހުގެ އިނާޔާތު ފައިސާ ލިބޭނެއެވެ. އަދި ރަށުން ބޭރު ފަރާތެއްނަމަ ހަމަޖެހިފައިވާ އުސޫލުން ލިވިންގ އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

  1. އަސާސީ ތަޢުލީމު ފުރިހަމަކޮށްފައިވުން
  2. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން
  3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން
  4. ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު:

  1. ތަރިކަ-2 ގެ ދަތުރުތައް ކުރުން
  2. ތަރިކަ-2 ގެ ނާލު ލިސްޓާއެއްގޮތަށް ނާލު ފައިސާ ނެގުން
  3. ތަރިކަ-2 ފެރީގެ ފަޅުވެރިން މަސައްކަތްކުރާގޮތް ސުޕަވައިޒްކޮށް ކުރަންޖެހޭ މަސައްކަތްތައް އަންގާ މަސައްކަތް ކުރުވުން
  4. ތަރިކަ-2 ފެރީގެ މެއިންޓަނަންސްއަށް ކުރަންޖެހޭ މަސައްކަތްތައް ބަލާ ކައުންސިލް އިދާރާއަށް އަންގާ، ކައުންސިލް އިދާރާގެ މަޝްވަރާގެ ދަށުން މެއިންޓަނަންސްގެ މަސައްކަތްތައް ކުރުން
  5. ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ކާޑާއި ގޭހުގެ ސްޓޮކް މާލެއިން ދޯންޏަށް އެރުވުމާއި އަދި ބޭލުމުގައި އެހީތެރިވުން
  6. މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށް ބެލޭނެކަންތައްތައް

  1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. މަސައްކަތު ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކުރުން

އިންޓަރވިއު ކުރުން

  • މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބެލުމަށްފަހު، ހިއުމަންރިސޯސް މެނޭޖްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ  ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކަށެވެ.

ހުށައަޅަންޖެހޭ  ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯރމް (ފޯރމް ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.)
  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  3. މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ ކުރީގައި މަސައްކަތްކުރި އިދާރާގެ ލިޔުން
  4. ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް"
  5. ވޭތުވެދިޔަ 5އަހަރުގެ ތެރޭގައި އެއްވެސް ކުށެއް ނެތްކަން ބަޔާންކޮށް ޕޮލިހުން ދޫކުރާ ޕޮލިސް ރިޕޯޓް.

 

  • އިންޓަރވިއު އަށް ހޮވިއްޖެނަމަ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ތަކެތިހުށަހަޅަންޖެހޭ އޮފީސް:

މިވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ. ފެކްސްއާއި އީމެއިލުން ފޮނުއްވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

ތަކެތިހުށަހެޅުމުގެ ސުންގަޑި

2020 އޮކްޓޯބަރ 25 ވާ އާދިއްތަ  ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރެއްވުމަށް

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6640183 ފޯނާއެވެ.

 

13 އޮކްޓޯބަރ 202

13 އޮކްޓޫބަރު 2020
ހޯދާ