ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
Checkpoint License ރިނިއު އިޢުލާން މަޢުލޫމާތު ޝީޓް ބަދަލުވުމާއި ގުލޭ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުމަށްCheckpoint License  ރިނިއު ކުރުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)164/1/2020/8ގެ މައުލޫމާތު ޝީޓުގައި އެސް.އެމް.އީ ރެޖިސްޓްރޭޝަން ހުށަހެޅުމަށް ބަޔާންކުރެވިފައިނުވާތީ، މައުލޫމާތު ޝީޓް އިސްލާހުކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2020 ވާ އާދީއްތަ ދުވަހު 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްދެއްވުން އެދެމެވެ. މި އިޢުލާނާއި ބެހޭ މައުލޫމާތު ކަރުދާސް އާއި އިޢުލާން މި އިދާރާގެ ވެބްސައިޓް www.gov.mv ގައި އެޓޭޗްކުރެވިފައިވާނެއެވެ.

 

 

            ‏26‏ ޞަފަރު‏ 1442

            ‏13‏ އޮކްޓޯބަރ‏ 2020

13 އޮކްޓޫބަރު 2020
ހޯދާ