މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮވިޑް-19 އަށް ޕޮސިޓިވްވާ ފަރާތްތައް މާލެ އަދި ހުޅުމާލޭގައި ބޭތިއްބުމަށް އެކަމަޑޭޝަން ހޯދުމާ ގުޅޭ

މި އިޢުލާންވަނީ 21 އޮކްޓޫބަރު 2020 22:17 ގައި ބާތިލް ކުރެވިފައެވެ.


އިއުލާން

ކޮވިޑް19 އަށް ޕޮސިޓިވްވާ ފަރާތްތައް މާލެ އަދި ހުޅުމާލޭގައި ބޭއްތިއްބުމަށް އެކަމަޑޭޝަން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 21 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި ދަރުބާރުގޭގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހު މެންދުރުފަހު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

26 ސަފަރު 1442 

12 އޮކްޓޫބަރު 2020
ހޯދާ