ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
16 އޮކްޓޯބަރ 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައި އެލެކްޝަން އިންތިޙާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުންގެ ދަފްތަރ

16  އޮކްޓޯބަރ 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައި އެލެކްޝަން އިންތިޙާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުންގެ ދަފްތަރު އާންމު ކުރަމެވެ.

ފަރުދީ މެންބަރުންގެ ދަފްތަރު މި އިޢުލާން ގެ ޑައުންލޯޑްސް ގައި ހިމެނިފައި ވާނެއެވެ. އަދި އެސޯސިއޭޝަން ގެ މެންބަރުންގެ ރަސްމީ ވައިބަރ ގްރޫޕް އާއި އެސޯސިއޭޝަންގެ އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައިވާނެއެވެ.

ވީމާ، އާންމު ކުރެވިފައިވާ، މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުން ގެ ދަފްތަރާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، 15 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ (ބުރާސްފަތި) މެންދުރު 14:00 ގެ ކުރިން، އިންތިޙާބު ކޮމިޓީއަށް އެޑްރެސްކޮށް، ލިޔުމަކުން މި އެސޯސިއޭޝަންގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު 7994542/7812226 އިދާރާގެ މޯބައިލް އާއި ގުޅުންއެދެން.

12 އޮކްޓޫބަރު 2020
ހޯދާ