ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން

އިޢުލާން

އަންދާސީހިސާބު ހޯދުން

            ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ކުރިމަތިން ޖެޓީ އާއި ދެމެދުގައި އޮތް ބިމުގައި  ހަދާފައިވާ  ކުޑަކުދިންގެ ޕަރކުގެ އެތެރޭގައި ކުރަންޖެހޭ ބައެއް މަރާމާތު  ތައް  ކުރުމަށް ފަހު ޕަރކަށް ގެނެސްފައިހުރި ތަކެތި އިންސްޓޯލް ކޮށްދޭނޭ  ފަރާތެއްހޯދުމަށް ވަނީބޭނުން ވެފައެވެ.

            ވީމާ ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝަވްގުވެރިވެ ލައްވާ ފަރާތްތަކުން 19 އޮކްޓޫބަރ 2020  ވާ ހޯމަ ދުވަހުގެ  ހެނދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް  ދުރުވެ މަޢުލޫމާތު  ސާފުކުރެއް ވުމަށްފަހު 25 އޮކްޓޫބަރ  2020 ވާ އާދީއްތަ ދުވަހުގެ  ހެދުނު 10:30 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް  އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.  

 

އަންދާސީ ހިސާބާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް

  1.      ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
  2.      ކޮމްޕެނީ ޕްރޮފައިލް
  3.      އަމިއްލަ ފަރާތަކުންނަމަ އައީޑީ ކާޑުގެ ކޮޕީ

މިއިދާރާއިން  ބަލާނެ ކަންތައްތައް

  1. ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީ ހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގު ގެ އިތުރުން ވަކިން އަގުއެގޭގޮތަށެވެ.
  2.     މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

އަގު  

%70

*      ޚިދުމަތުގެ އަގަށްދެވޭ  މާރކްސް  

*      މިމަރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

*      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

 

މަސައކަތް ނިންމާ މުއްދަތަށް   

%20

*      މަސައްކަތް ނިންމާ މުއްދަތަށްދެވޭމާކުސް   

*      މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.

*      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

*      ލިބިފައިވާ ތަޖުރިބާއަށްދެވޭ މާކްސް   

*      މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ ޕްރޮފައިލްގައި  ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗް މާރކު ކަމަށްބަލައިގެން  ހުށަހަޅާފައިވާ ޑޮކިޔުމަންޓް ތަކުގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.

*      މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ  ހެކި  ހުށަހަޅާފައިވާ ފަރާތަށެވެ . 

                     12  އޮކްޓޫބަރ   2020    

 

12 އޮކްޓޫބަރު 2020
ހޯދާ