ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން

 ނަންބަރ: HPL/PRC/I-2020/03

އިޢުލާން

 

މިކުންފުނީގެ ބަނދަރަށް އަންނަން ހަމަޖެހިފައިވާ "އެމްއެސް.ވީ މާރިޔާ"އިން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.                    

  

މިކުންފުނީގެ ބަނދަރަށް 11 އޮކްޓޯބަރ 2020 ވަނަ ދުވަހު އައިސްފައިވާ  "އެމްއެސް.ވީ މާރިޔާ" ސަބްކޮންޓްރެކްޓްގެ ގޮތުގައި ކާގޯ ލޯޑު ކުރުމާއި އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

      މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6888558 އާ ގުޅުއްވުން އެދެމެވެ.

 

            24 ސަފަރު 1442

            12އޮކްޓޯބަރ 2020  

12 އޮކްޓޫބަރު 2020
ހޯދާ