ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން ހަރުކޮށްދިނުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތައް ކޮށްދޭނެ ފަރާތް ހޯދަން ބޭނުންވެއްޖެ.

 

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިން ވިއްކާ އެއަރކޮންޑިޝަންހަރުކޮށްދިނުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތައް ކޮށްދޭނެ ފަރާތް ހޯދަން ބޭނުންވެއްޖެ.

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް:    

 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:

 

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 18 އޮކްޓޯބަރު 2020 ވާ ދުވަހު 1300 ގެ ކުރިން ތީރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

އީމެއިލް: [email protected]

 

ބީލަންކަރުދާސް ދޫކުރުން: 

 

ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 18 އޮކްޓޯބަރު 2020  ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

ސުވާލާއި ޖަވާބު:      

 

ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 19 އޮކްޓޯބަރު 2020 ވާ ދުވަހުގެ 1300 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 20 އޮކްޓޯބަރު 2020 ވަނަ ދުވަސް  ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:

ބީލަން ހުށަހަޅަންވާނީ 25 އޮކްޓޯބަރު 2020 ވަނަ ދުވަހު 1300 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

                 

ނޯޓް: މި ބީލަމާއިގުޅޭ އިތުރު މަޢުލާމާތު ހޯއްދެވުމަށް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

 

11 އޮކްޓޫބަރު 2020
ހޯދާ