ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ނަންބަރު ނުޖަހާ ހުރި ރުއްގަހާއި ގުޅޭ

         ރަށުން ބަންޑާރި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުމަށް ބޭނުންވާތީ، އެސަރަހައްދުގައި ހުރި ރުއްގަހުގައި ފާހަގަ ވާނޭހެން ނަންބަރު ޖެހުމަށް މިކައުންސިލްގެ އިދާރާއިން މީގެ ކުރިންވެސް ވާނީ ދަންނަވާފައެވެ. ނަމަވެސް، އެސަރަހައްދުގައި ހުރި ގޯތި ބްލޮކްތަކަށާއި މަގުތަކަށް އަރާ ރުއްގަހުގެ ތެރެއިން ބައެއް ރުއްގަހުގައި އަދިވެސް ނަންބަރު ނުޖަހާ ހުރިކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން، ގޯތި ތަކުގެއް ރުއްގަސް ކަނޑާ ބިން ސާފުކުރުމަށް، ގޯތިތަކުގެ ވެރިންނަށް ވަނީ އުނދަގޫވެފައެވެ.

         ވީމާ، 20 އޮކްޓުބަރ 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ގޯތި ދޫކުރެވިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގައި އެރުއްގަހުގެ ވެރިން ނަންބަރު ޖަހައި ނިންމުމަށް ދަންނަވަމެވެ. ނަންބަރު ޖަހާއިރު ރަނގަޅަށް ކިޔަން އެނގޭނެހެން ނަންބަރު ޖެހުމަށްވެސް ދަންނަވަމެވެ. އަދި މި މުއްދަތަށްފަހު އެސަރަހައްދުގައި ނަންބަރު ނުޖަހައި ހުންނަ ރުއްގަހަކީ ޤާނޫނު ނަމްބަރ 21/98     ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު ) ގައިވާ ގޮތުގެ މަތީން ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލައި އެރުއްގަހެއް ކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ.

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 އޮކްޓޫބަރު 2020
ހޯދާ