މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:              ވެޓެރިނޭރިއަން  

މަޤާމުގެ ނަންބަރު:       212789

 ބޭނުންވާ ޢަދަދު:        1

ގިންތި:              ދާއިމީ

ރޭންކް:              އީ.އެކްސް.3

މަޤާމުގެ ކްލެސިފިކޭޝަން:  ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް    

އޮފީސް:            މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް  އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:    ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ/ވިލިމާލެ ވެޓެރިނަރީ ސަރވިސަސް

މުސާރ:             -/11065 ރުފިޔާ

ސަރވިސް އެލަވަންސް:    -/3500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

ޓެކްނިކަލް  ކޯ އެލަވަންސް: މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ވެޓެރިނަރީ ސައިންސްގެ ދާއިރާއިން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލްގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1100 ރުފިޔާ ލިބޭނެއެވެ.)     

 

 

      މަޤާމުގެ ޝަރުތު      

1- ވެޓެރިނަރީ މެޑިސިންގ ނުވަތަ ވެޓެރިނަރީ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 

2-  ވެޓެރިނަރީ މެޑިސިންގ ނުވަތަ ވެޓެރިނަރީ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ވެޓެރިނޭރީ ސައިންސް

 

އެކަޑަމިކް ޑިސިޕްލިންސް

  • ވެޓެރިނަރީ ސައިންސް
  • ވެޓެރިނަރީ މެޑިސިން

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ވިލިމާލޭގައި ހުންނަ ވެޓަރިނަރީ ސަރވިސް ޔުނިޓަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
  • ވެޓަރިނަރީ ޚިދުމަތް ބޭނުންވާ ރަށްރަށަށް ޒިޔާރަތްކޮށް ޚިދުމަތް ދިނުން.
  • ފާރމް އެނިމަލް އާއި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ނުވަތަ ދޫނި ފަދަ ތަކެއްޗަށް ޖެހޭ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމާއި ސާރޖަރީ ހަދަންޖެހޭ ޙާލަތުގައި ސާރޖަރީ ހެދުން. އަދި މިފަދަ ޖަނަވާރު ތަކުގެ ސިއްޙަތާބެހޭ ގޮތުން ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  • ރާއްޖައަށް އެތެރެކުރާ ދިރޭ ޖަނަވާރު އެތެރެ ކުރުން މެނޭޖްކުރުމަށްޓަކައި ހަދަންޖެހޭ ޕްރޮސީޖަރސްތައް  ހެދުން.
  • ޖަނަވާރާއި ދޫނި ސޫފާ ސޫފި އެތެރެކުރުމަށާއި، ބޭރުކުރުމަށް ބޭނުންވާ އިންޓަރނޭޝަނަލް ސެޓްފިކެޓް ދޫކުރުމާއި، ރާއްޖެ އެތެރެ ކުރެވޭ އެ ފަދަ ޝިޕްމަންޓްތައް އިންސްޕެކްޓް ކުރުން.
  • ޕްލާންޓް އެންޑް އެނިމަލް ހެލްތް ސެކްޝަނުން ކުރިއަށް ގެންދާ ރިސްކް އެނަލިސިސް ހެދުމުގައި ފަންނީ ލަފާ ދިނުން.  
  • ކަރަންޓީން އޮފިސަރުންނަށާއި ވެޓަރިނަރީ އެސިސްޓަންޓުންނަށާއި އެގްރިކަލްޗަރ އޮފިސަރުން އަދި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދިނުމާއި "ގްޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް" އަށް އަހުލުވެރިކުރުވުން.

 

  • ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-  ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

-  ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު،

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން، އަދި އިމްތިހާނު ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- "ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް"

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ)  އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ)   ޤައުމީ ނުވަތް ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަ ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ ޖަމާޢަތެއްކަން ބަޔާންކޮށް އެތަނުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2020 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތަ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މި މަގާމުތަކަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، އިމްތިހާނު ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) ޢާއްމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި [ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)] ޢާއްމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިމިނިސްޓްރީގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް ވާނަމަ A2 ފޯމް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު ނަމްބަރު  3339241/ 3339244 ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ [އައްޔަން ކުރުމުގެ އުޞޫލާގުޅޭ] ލިންކް (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                         25 ޞަފަރު     1442

12 އޮކްޓޫބަރު 2020
ހޯދާ